މިއަދު ފެނަކައާ އެކު އެންވަޔަރެމްންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުން -- ފޮޓޯ: މިނިސްޓްރީ
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ހަރުދަނާކޮށް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ އެކު މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުމުގައި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓުގެޓުގެ މަސައްކަތްތައް އަވަސްކުރުމަށާއި، ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް ހަރުދަނާކުރުމަށް ފެނަކައިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރި އެވެ. މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ފެނަކައިގެ ރަށްރަށުގެ ބްރާންޗްތަކުގެ އެހީތެރިކަން ހޯދުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ފެނަކައިގެ އެހީތެރިކަމާ އެކު ރަށްރަށުގައި މިކަމުގެ މަސައްކަތް ހަލުވިކުރެވޭނެ ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަދެކެވުނު އެހެނިހެން ކަންތައްތަކުގެ ތެރޭގައި، ގަސް އިންދުމަށް އެކަށޭނަ ސަރަޙައްދުތައް ފާހަގަކުރުމާއި، ގަސްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާނެ ފައިދާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ފަސް މިލިއަން ގަސް ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރިއަށްގެންދާ "ޖެނެރޭޝަން ރީސްޓޯރޭޝަން" އަދި "މަގޭ ސާފު ރާއްޖެ" ކެމްޕޭނުގެ ބައެކެވެ.
މިކަމުގައި ފެނަކައާއެކު މި މަޝްވަރާތައް ކުރެވުނީ ވަރަށް ރަނގަޅު ވަގުތެއްގައިކަމަށާއި، އުއްމީދުކުރަނީ މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތިމާވެށި އިތުރަށް މުއްސަނދިވެ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވެގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0