ރައީސް ޑރ މުހައްމަދު މުއިޒުގެ ވައުދާ އެއްގޮތަށް، ދައުލަތުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި އެވެ.
މިއަހަރުވެސް އެފުރުސަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެފުޅެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. ރައީސްގެ ރިޔާސީ ވައުދުގެ ދަށުން 2025 ވަނަ އަހަރު ހައްޖު މޫސުމުގައިވެސް 50 ފަޤީރުން ހައްޖަށް ފޮނުވާފައިވެ އެވެ.
މިއަހަރު ހައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ މި އަހަރު ދަޢުލަތުގެ އެހީގައި ހައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ހާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުސަތުދޭނެ 25 މީހުންނެވެ.
ދަޢުލަތުގެ ހަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
ފަގީރުންގެ ލިސްޓުގައި މިވަގުތު ފަރުލު ހައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސްގެ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެ އެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ހައްޖަށް ފޮނުއްވާނޭކަން ރައީސް އިއުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ވައުދުގެ ދަށުން މިހާތަނަށް 100 ފަގީރުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފަ އެވެ.
ޑައުންލޯޑް ކުރައްވާ!: 1447 ވަނަ އަހަރު ސަރުކާރު ޚަރަދުގައި ޙައްޖަށް ގެންދާ ފަޤީރުންގެ ވަގުތީ ލިސްޓް
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2