ރައީސް މުހައްމަދު މުއިއްޒު ތިންވަނަ ރިޔާސީ ބަޔާން އިއްވަވަނީ - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ކުންފުންޏަކުން 10 ރިސޯޓް ތަރައްގީކޮށް އެ ރިސޯޓްތަކުގެ ވިޔަފާރިއަށް ލިބޭ ފައިދާ ރައްޔިތުންގެ އެކައުންޓްތަކަށް ޖަމާކޮށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ތިންވަނަ ރިޔާސީ ބަޔާން މިއަދު މަޖިލީހުގައި އިއްވަވަމުން ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ ވެރިންނަކީ ދިވެހިން ކަމަށެވެ. އެހެންކަމުން ރިސޯޓް ވިޔަފާރީގެ ފައިދާ ދިވެހިންނަށް ލިބޭނެ ގޮތެއް ހޯދައިދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އެ ގޮތުން ސަރުކާރުގެ ކުންފުންޏަކުން 10 ރިސޯޓެއް ތަރައްގީކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި އެ ރިސޯޓްތަކުގެ ހިއްސާ ހުރިހާ ދިވެހިންނަށް ދީ, ފައިދާ ހަމަހަމަ ކަމާއެކު ބަހަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދިނުން," ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ރިސޯޓް ތަރައްގީ ކުރެވޭ ގޮތަށް ޓުއަރިޒަމް ގާނޫނަށް މިހާރު ވެސް އިސްލާހެއް ވަނީ ގެނެސްފަ އެވެ. އެ ފައިދާ ހަމަހަމަކަމާއެކު ރައްޔިތުންނަށް ބަހަން ޖެހޭ ގޮތަށް ވެސް ގާނޫނަށް އިސްލާހެއް ގެންނާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
އޭގެ އަންދާޒާ ކުރެވޭ އަދަދުތަކެއް ވެސް ރައީސް ހިއްސާކުރެއްވި އެވެ. އެއީ ކޮންމެ ދިވެއްސަކަށް ގާތްގަނޑަކަށް 400 ޑޮލަރު އަދި ކޮންމެ 5 ދިވެހިން ހިމެނޭ އާއިލާއަކަށް 2000 ޑޮލަރު ކަމަށް ވިދާޅުވި އެވެ.
"ހިސާބު ހަދާލާއިރު އެވަރޭޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު. މިސާލަކަށް 5 މެމްބަރުންގެ އާއިލާއެއް ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ," ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2