ރައީސް މުއިއްޒު ރޭ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެންސީ
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ކައުންސިލްތައް ދޭން ޖެހެނީ ދީނާ ދުރު ފިކުރުގެ މީހުންގެ އަތަށް ދިޔަ ނުދޭން ވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހެންވޭރުކޮޅު އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ޕީއެންސީގެ އާ އޮފީސް ހަތަރު ފަންގިފިލާއަށް ތަރައްގީކޮށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދީނާ ހިލާފު ކަންކަމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.
ލޯކަލް ޓުއަރިޒަމް ހިނގާ ބައެއް ރަށްރަށުގައި ދީނާ ދުރު އިޖުތިމާއީ އެތައް މައްސަލައެއްގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ ގަވާއިދުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން ލާނެ މިންގަނޑަކާއި މީހުން ދިރިއުޅޭ ރަށްރަށާ އެންމެ ކައިރިން ވެސް އެއް ކިލޯމީޓަރު ދުރުގައި ސަފާރީ ބެހެއްޓޭ ގޮތަށް ގަވާއިދު ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުގެ މި ގަވާއިދުތައް ކޮންމެ ދުވަހަކު ތަންފީޒުކުރަން ތިބޭނެ ބަޔަކީ އަދި ފުލުހުންނާއި ފަތުރުވެރި ވުޒާރާއަށް އެއްބާރުލުން ދޭނެ ތިބޭނެ ބަޔަކީ ކައުންސިލްތައް ކަމަށް ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުން ތިބޭ ކައުންސިލްތަކަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ މިހާރު އޮތް ގޮތަށް ފުރުސަތު ދީފިއްޔާ ދެން އެ ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށެވެ.
"ކުރިން ވެސް މި ދެންނެވި ދީނާ އިދިކީލަ ފިކުރުގެ ވިސްނުން ހުރި ބައެއް އެ ކައުންސިލްތަކަށް ގެނެސްފިއްޔާ އެ ކަމެއް ނުބަލާނެ. ރަލާއި ޑްރަގާ ދުރު، އެކި ކަހަލަ ނުބައި އާދަތަކާ ދުރު މުޖުތަމައެއް އަޅުގަނޑުމެން ބޭނުންވަނީ," ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނަކީ ދީނާ ވަރަށް ދުރު ފިކުރުތައް ގެންގުޅުއްވާ ބޭފުޅުން ކަމަށެވެ. އެއިން ބަޔަކު އަންނަ ކައުންސިލް އިންތިހާބުގައި ވެސް ނުކުންނާނެ ކަން ރައީސް ފާހަގަޖުކުރެއްވި އެވެ.
ރައީސް ހިމެނޭހެން ޕީއެންސީގެ ގިނަ ބޭފުޅުން އަަބަދުވެސް ތުހުމަތުކުރައްވާ ގޮތުގައި އެމްޑީޕީގެ ގިނަ އިސް ބޭފުޅުންނަކީ ލާދީނީ އެޖެންޑާއެއް އޮވެގެން ސިޔާސީ މަސައްކަތްކުރައްވާ ބަޔެކެވެ. ނަމަވެސް އެމްޑީޕީގެ ބޭފުޅުން އެ ކަން ދޮގުކުރައްވަ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2