ވިނަރެސް ފްލެޓު / ފޮޓޯ: އެޗްޑީސީ
ވިނަރެސް ފުލެޓަށް އެޕްލައިކުރުމަށް އެދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅައި، ސްކޭމް މެސެޖު ކުރާތީ އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން މިއަދު އެދިއްޖެ އެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވިނަރެސް ފުލެޓަށް އެޕްލައި ކުރުމަށް އެދި އެ ކޯޕަރޭޝަނުން ގުޅައި، މެސެޖުކޮށް ނުހަދާނެ ކަމަށެވެ.
އެގޮތުން ފައިސާ އާއި ޕޭމަންޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިމެނޭ ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށާއި އެފަދަ މެސެޖުތަކާއި ކޯލު ތަކަށް ސަމާލު ވުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވިނަރެސް ފްލެޓާއި، ހުޅުމާލެ އިން ދޫކުރާ އެހެން ފްލެޓުތަކަށް އެދި ހުށަހެޅުމަށް ބުނެ މީގެ ކުރިން ވެސް ވަނީ ސްކޭމް މެސެޖުތަކަކާ ކޯލުތައް އެކި ފަރާތްތަކަށް ކޮށްފަ އެވެ. މަކަރާ ހީލަތުން މިފަދައިން މީހުން އަތުން ފައިސާ ހޯދުމަށް އުޅުމަކީ ދުވަސް ކޮޅުކޮޅުން ވަރަށް އާންމުވަމުން އަންނަ ކަމެކެވެ. އެފަދަ ފަރާތްތަކަށް ސަމާލުވެ ތިބުމަށް އަބަދުވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0