މި ދުވަސްކޮޅު ރާއްޖޭގައި ރޯގާ އާއި ހުމުގެ ބަލި އިތުރުވަމުންދާތީ، ރައްޔިތުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައިޖީއެމްއެްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. އަހްމަދު ފައިސަލް އިލްތިމާސް ކުރައްވައިފި އެވެ.
ޑރ. ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެެވެ.
މީގެއިތުރުން، ދަރިވަރަކު ބަލިވެއްޖެނަމަ އެ ކުއްޖާ (ބަލި ރަނގަޅު ވަންދެން) ސްކޫލަށް ނުފޮނުވުމަށް ވެސް ޑރ. ފައިސަލް އިލްތިމާސް ކުރައްވާފައިވެ އެވެ.
"ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި ބަލި ޖެހިފައިވާ މީހުން ގިނައިން ދިޔާތަކެތި ބޭނުންކުރަންވާނެ" ޑރ. ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ނޭވާލުމުގައި އުނދަގޫވާނަމަ، ނުވަތަ ހުން ތިން ދުވަހަށްވުރެ ދިގުލައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށެވެ.
މި ދުވަސްވަރު ހުމާއި ރޯގާ އިތުރުވަމުން އަންނަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމުގައި ސިއްހީ މާހިރުން ލަފާ ކުރައްވަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0