ކުރިއަށްއޮތް ރޯދަ މަހުވެސް މިދިޔަ އަހަރެކެޭ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ލިބޭނެ ކަމަށާއި، އަދި ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ ކަމަށެވެ.
އަދު އޭގެ އިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރޯދަ މަހު ނަގާނީ 400 ރުފިޔާކަން ރައީސް މުއއިްޒު ހާމަކުރެއްވި އެވެ.
''ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހުސްވި ރޯދަ މަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ގޭބިސީތަކަށް ހަދިޔާކޮށްފަ އެވެ. އެގޮތުން މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭސް އަދި އަދި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ހަދިޔާކުރި މަސްދަޅުކޭސް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓްވެސް ވަނީ ދީފަ އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2