ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮއްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން ކޯޓަށް ދާން ނިންމައިފި އެވެ.
އެ ޕާޓީ އިން މިކަން ހާމަ ކުރީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިން ގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އެ ޕާޓީ އިން އެކުލަވާލާފައިވާ ޓާސްކު ފޯސްގެ ސްޕޯކްސް ޕާސަން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވާހަކަ ދެއްކެވި އެވެ. މައުރޫފް ވިދާޅުވީ މި މައްސަލަ މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ ކޯޓަށް ހުށަހަޅަނީ ދެ އިންތިހާބު އެއްކޮއްލުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރެދެއްވާފައިވާ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅަައިދިނުމަށް އެދި ކަމަށެވެ. އަދި އެ ވޯޓު ނެގުމުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅު ހެދުމުގެ ގޮތުންނާ އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފަައިވާ ކަމަށެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް ދައުރު 1 ޑިސެންބަރު 2028 އަށް ކުރުކޮށް މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީ އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ރައީސް ގަރާރަކުން ނިންމެވީ މި މަހުގެ 16 ވަނަ ދުވަހުގަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2