ބްރިޖު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރުމާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރައީސް ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް އަޅަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ރައީސްގެ ޕޯސްޓަށް ކުރި ރިޕްލައިއެއްގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ އިނގިރޭސިވިލާތުގެ މަގުތަކަށް އެ ހުކުމް އަޔީމަ ކީކޭބާ ހިތަށް އަރާނީ ކަމަށް ބުނެ ސުވާލު އުފައްދާފަ އެވެ.
''މިސަރުކާރުން ބިދޭސީން ދެކެނީ ޖަނަވާރުންގެ ގޮތުގަ.. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް. ކޮންދީނެއް ގަބޫލް ކުރާބަެއްއްތޯ ތީ!'' ޝަމްހީދު ވިދާޅުވި އެވެ.
އިގިރޭސިވިލާތުގެ މަގުތަކަށް ތިހުކުމް އަޔީމަ ކީކޭބާ ހިތަށް އަރާނީ. މިސަރުކާރުން ބިދޭސީންދެކެނީ ޖަނަވާރުންގެ ގޮތުގަ.. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް. ކޮންދީނެއް ގަބޫލް ކުރާބަެއްއްތޯ ތީ! — Ahmed Shamheed (@Ashamhyd) December 17, 2025
''ވަކި ނަސްލަކަށް ނިސްބަތް ވީތީވެ، ވަކި ގައުމެއްގެ ރައްޔިތަކަށް ވީތީވެ، ތަފާތު ސަގާފަތެއް ނުވަތަ ތަފާތު ގޮތަކަށް ސިޔާސީ ވިސްނުމާއި ފިކުރު ހުރީތީވެ ތަފާތު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.'' ފޯމީ ނަމަކަށް ކިޔާ އައިޑީ އަކުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ވަކި ނަސްލަކަށް ނިސްބަތް ވީތީވެ، ވަކި ގައުމެއްގެ ރައްޔިތަކަށް ވީތީވެ، ތަފާތު ސަގާފަތެއް ނުވަތަ ތަފާތު ގޮތަކަށް ސިޔާސީ ވިސްނުމާއި ފިކުރު ހުރީތީވެ ތަފާތު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ހިޖުރަވެރިންނަކީވެސް އިންސާނުން. — forme (@fourmea) December 17, 2025
އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު ޖުނައިދު ސަލީމް، ރައީސްގެ ޕޯސްޓު ރީ ޕޯސްޓުކޮށް ވިދާޅުވީ ބިދޭސީން ހުއްޓުވާ ސުވާލުކުރުމަކީ ގާނޫނު އަސާސީން ލިބިފައިވާ ހައްގުތަކާ ސީދާ ހިލާފުވުން ކަމަށެވެ. އެކަން ކުށްވެރިކޮށް މި ސަރުކާރުން ''ޒެނޮފޯބިކް' ޕޮލިސީސްތައް އެކުލަވާލަމުންދާ ކަމަށް ޖުންދު ތުހުމަތުކުރި އެވެ.
Sir our resturant supposed to cloce at 11.30 so we have to leave our resturant at 12.30 🥲 so can you please close our resturant at 10 o clock so we can go before 12❤️ thank you sir — Chamod Dulanjana (@chamodcd2002) December 17, 2025
This is a blatant violation of our constitutionally guaranteed rights.
Targeting the migrant community reeks of the Muizzu regime's ongoing xenophobic policies which are being used to bolster the ultra nationalistic and populist platform Muizzu campaigned on. https://t.co/9pFY6sKW1e — Junayd (@mjunayd) December 17, 2025
ލަތީ ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ބުނީ މަސްލަހަތު ގެއްލޭ ކަންކަން އެންމެންވެސް ކުރާ ކަަމަށެވެ. ''އެއީ ހަމައެކަނި ބިދޭސީންކުރާ ކަމެއް ނޫން'' އޭނާ ބުންޏެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2