މި ސަރުކާރުން މިހާތަނަށް އިޤްތިޞާދީ ރިފޯމް ޕްރޮސެސްގައި އެއްވެސް މިސްޓޭކެއް ނަހަދާކަމަށާއި، އިޞްލާޙީ ފިޔަވަޅުތައް އަޅަންޖެހޭ ގޮތަށް އަޅަމުން ގެންދިއުމުގެ ސަބަބުން ޑިފޯލްޓްނުވެ މިހާތަނަށް އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެގަ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އިތުރަށް ވިދާޅުވި "ބައެއް އެހެން ޤައުމުތަކުން އިންޓަރނޭޝަނަލް ބައެއް ބޮޑީތަކުގެ ޕްރޮގްރާމްތަކަށް ގޮސް ހަދާ ފަދައިން، އެފަދަ ކަމަކަށް މި ސަރުކާރުން ދާކަށް ބޭނުމެއް ނޫން" ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ޤައުމުގެ ތަރައްޤީ ސަސްޕެންޑްކުރާކަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއިން އެފަދަ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިނުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވެއެވެ. އެއީ ޤައުމުގެ ތަރައްޤީ މަޑުޖައްސާލައި، ދިވެހި ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ހުރަސްއެޅޭނެ ކަމަކަށްވާތީއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޑިފޯލްޓްނުވެ، ބޭރުގެ ލޯނުތަކާއި ދަރަނިތައް ދައްކަމުން، ތަރައްޤީ ހާސިލުކޮށްދެމުން، އިރާދަކުރެއްވިއްޔާ މި ޤައުމު ކުރިއަށްދާނެ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0