ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަން މޫސާ މަނިކު (ރީކޯ) ކެމްޕޭނު ކުރައްވަން ފައްޓަވައިފި އެވެ.
އެމްޑީޕީ އުފެދުމުގައި އިސްކޮށް ހަރަކާތްތެރިވި ރީކޯ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތްގޮތުން ރައްޔިތުން ގާތު އަހައިގެންގެންނަން ޖެހޭ އިސްލާހުތަކަކީ ވަރަށް މިނިވަންކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައިދީގެން ގެންނަންޖެހޭ އިސްލާހު ތަކެއްކަން ގާނޫނޫ އަސާސީ ބުނެ ނުދޭ ކަމަށެވެ.
''ގާނޫނު އަސާސީގެ ދުސްތޫރީ ބަދަލުތަކުގާ ދަވްރުކަނޑައެޅުމާއި، ނިޒާމު ބަދަލުކުރުމާއި ދަވްލަތް ރަމްޒުކޮށްދޭ ޔުނިޓަރީ ނުވަތަ ފެޑްރަލް ނިޒާމާއި ލާމަރުކަޒީ ނިޒާމުގެ އުނި އިތުރެއްގެނައުމާއި ދަވްލަތުގެ ބިން ބޭރުގެ ބަޔަކަށް ކުއްޔައް ދިނުމާއި މިލްކުކޮށް ދިނުމާއި ދިވެހި ރައްޔިތަކަށް އޮތް އެއްވެސް ހައްގެއް ބޭރުގެ ފަރާތަކަށްދިނުން ފަދަ'' މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ރީކޯ ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބް ރައީސްކަންވެސް ކުރައްވާފައިވާ ރީކޯ ވިދާޅުވީ ބަދަލުތަށް ގާނޫނު އަސާީއަށް ގެންނަން ވާނީ ސަރުކާރު ބުނެގެން ބަންޑާރަ ނައިބުގެ ޑްރާފްޓަކުން ނޫންކަން ގާނޫ އަސާސީ ގެ 4 ވަނަ މާއްދާއިން ކަށަވަރުވާނެ ކަމަށެވެ.
އަދި އެފަދަ ކަމެއް ސަރުކާރުން ވިޔަސް މެމްބަރު ހުށަހެޅިއަސް. މަޖްލީހުންނަގާ ހާއްސަ ކޮމެޓީ އަކުން އެކަން އިންތިޒާމުކޮށް ސީދާގޮތުގާ އިލެކްޝަނަށް ހުށަހަޅައިގެން މަޖިލީހުގެ ބެލުމުގެ ދަށުން ނޫންގޮތަކަށް ގާނޫނު އަސާސީ އާ ކުޅެފިނަމަ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ކުށުގާ އެކަން ކުރިބަޔަކަށް އަދަބު ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރީކޯ ކެމްޕޭނު ކުރައްވަން ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްވެސް ވަނީ ޗެއާޕާސަންކަމުގެ މަގާމަށް ކުރިތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ރީކޯ އެމްޑީޕީގެ ޗެއާޕަސަންގެ މަގާމުން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރަން މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގަ އެވެ.
އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އުނިކުރުމުން އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރީކޯ އޭރުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރު އެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2