މިނިސްޓަރު އާދަމް ޝަރީފް/ ފޮޓޯ: ކައުންސިލް މިނިސްޓްރީ
ކޮރަޕްޝަނުގެ އަމަލެއް އެއްވެސް އިރަކު ހިންގާފައިނުވާނެ ކަމަށާއި، އަދި އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައިވެސް ނުހިންގާނެ ކަމަށް ކައުންސިލު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް އެހެން ވިދާޅުވީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް (ލުކަސް) އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ 55 ކައުންސިލް އިދާރާ އަޅަން ބިޑަކާ ނުލާ އެއް ކުންފުންޏަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ކައުންސިލު މިނިސްޓްރީން ބަހާލި ކަމަށެވެ.
ލޫކަސް އިޝާރަތް އެކުރަނީ ކައުންސިލު އިމާރާތްތައް އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކުންފުނި އާރްސީސީއަށް ދިނުމަށެވެ.
އަޅުގަނޑު ކޮރަޕްޝަންގެ އަމަލެއް ނުހިންގަން! ނުހިންގާނަން! އަޅުގަނޑަށް އެނގިގެން އެފަދަ ކަމަކަށް ފުރުޞަތެއް ވެސް ނުދޭނަން، ހިތްވަރެއް ވެސް ނުދޭނަން!
ޝައްކެއް ވިޔަސް އެފަދަ ކަމެއް ހިންގިހެން ހީވާނަމަ ވެސް މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާ!
ސިޔާސީގޮތުން އަގު ވައްޓާލުމަށް… — Adam Shareef Umar (@Adamshareefz) January 4, 2026
''3 ބިލިއަނެއް ހާ ރުފިޔާގެ ރަށްރަށުގެ މަޝްރޫއުތައް މެންބަރުންގެ ކުންފުނިތަކަށް ބަހާލި ކޮރަޕްޝަނުގަ ނުޖެހެންވީ މުވައްޒަފުންތަ ވެރިންތަ؟ ވެރިން ކޮރަޕްޝަން ހިންގަނީ ގާނޫނުން އެއީ ކޮރަޕްޝަން ނޫން ކަމަށް އަމިއްލައަށް ހަދައިގެން'' ލޫކަސް ބުންޏެވެ.
ލޫކަސް އަށް ރައްދުދެމުން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީގޮތުން އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުތައް ފުއްދުމުގައި ދާނީ ކުރިއަށް ކަމަށް ވިދާޅުވި އެވެ.
''އަޅުގަނޑު ކޮރަޕްޝަންގެ އަމަލެއް ނުހިންގަން އަޅުގަނޑަށް އެނގިގެން އެފަދަ ކަމަކަށް ފުރުޞަތެއް ވެސް ނުދޭނަން، ހިތްވަރެއް ވެސް ނުދޭނަން! ޝައްކެއް ވިޔަސް އެފަދަ ކަމެއް ހިންގިހެން ހީވާނަމަ ވެސް މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާ!'' އާދަމް ޝަރީފް ވިދާޅުވި އެވެ.
0%
0%
0%
0%
0%
9 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2