ރައުދު އަހްމަދު ޒިލާލް
މާލޭގެ ގެއެއްގެ ފުރާޅު މައްޗަަށް މިދިޔަ މަހު 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު (21އ.) ވެއްޓުނު މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރެއް މިހާރު ވެސް ހިނގަހިނގާ އެބައޮތް ކަމަށާއި މިއީ ކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ބުނެ، އޭނާގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައުދު ހައްޔަރު ކޮށްފައި ވަނީ މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ގައެވެ. އޭނާ ހައްޔަރު ކުރި ފަހުން މިހާތަނަށް ހަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.
އެގޮތުން އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަހަަށް ބަންދު ކުރަން އަމުރު ކުރި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ކްރިމިނަލް ކޯޓުން ރައުދު 20 ދުވަހަށް ބަންދު ކުރަން އަމުރު ކުރީ މި މަހުގެ 15 ގައެވެ. އެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ރައުދު ވަނީ ދޫކޮށްލާ ފައެވެ. އަދި ހަމަ އެ ދުވަހުގެ ހަވީރު، އައު އަމުރަކާ އެކު އޭނާ ވަނީ ބަންދު ވެސް ކޮށްފަ އެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 5 ދުވަސް އިތުރު ކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާ އެވެ.
ރައުދުގެ ވަކީލުން ފާހަގަ ކޮށްފައިވާ ގޮތުގައި، އޭނާ 20 ދުވަހަށް ބަންދު ކުރަން ކޮށްފައިވާ އަމުރު އެއްވެސް ކޯޓަކުން ބާތިލު ކޮށްފައި ނުވާތީ އެއީ ދެމިއޮތް އަމުރެކެވެ. އެހެންކަމުން ރައުދުގެ މައްޗަށް، އެއް ތުހުމަތެއް ގައި ހިނގަހިނގާ އޮތް ބަންދުގެ ދެ އަމުރު އެބަ އޮތެވެ.
"މިއީ މީގެކުރިން އެއްވެސް މީހަކާ މެދު އަމަލުކޮށްފައި އޮތް ގޮތެއް ނޫން. ގާނޫނީ ހުސްކަމެއް މި ހާލަތުގައި މި އޮތީ،" ރައުދުގެ ވަކީލު ވިދާޅުވި އެވެ.
ރައުދުގެ ވަކީލުން ވަނީ މި ކަންބޮޑުވުން ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހިގައި ވެސް ފާހަގަ ކުރައްވާފަ އެވެ.
އެކަމާ ގުޅިގެން އެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ރައުދު ބަންދުން ދޫކޮށްލަން ނިންމީ އަމުރުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0