ރައީސް މުއިއްޒުގެ ޓީމު - ފޮޓޯ: ރައީސް އޮފީސް
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފީފާގެ ރައީސްގެ ޓީމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ހިތްގައިމު މެޗެއް ކުޅެފި އެވެ.
މި މެޗު ކުޅުނީ ކޮންމެ ޓީމަކުން 7 ކުޅުންތެރިން އަރުވައިގެންނެވެ. އަދި ކުޅުނީ 30 މިނެޓަށެވެ. އެއީ ހާފަކަށް 15 މިނެޓެވެ. މެޗު ނިމުނީ 6-4 ގެ ނަތީޖާއަކުން ފީފާ ރައީސްގެ ޓީމު މޮޅުވެގެންނެވެ.
ފީފާ ރައީސްގެ ޓީމުގައި ތިބީ އޭނާ އާއި ރާއްޖޭގެ ކުރީގެ ފޯވާޑް އަދި މިހާރު އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގު އާއި ރާއްޖޭގެ ކުރީގެ ބައެއް ލެޖެންޑުންނާއި ފީފާގެ ބައެއް އޮފިޝަލުން އަދި ފުޓުބޯޅައިގެ ބައެއް ލެޖެންޑުންނެވެ.
ރައީސް މުއިއްޒުގެ ޓީމުގައި ތިއްބެވީ އެމަނިކުފާނާއި ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ އިސް ބޭފުޅުން އަދި ކުންފުނިތަކުގެ ވެރިން ވެސް ހިމެނެ އެވެ.
ފީފާގެ ޓީމު ވަރުގަދަވާނެ ކަމަށް ބެލުވުނު މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވެސް އެ ޓީމުންނެވެ. އެއީ މެޗުގެ ވަރަށް ކުރީކޮޅު އިޓަލީގެ ލެޖެންޑް މާކޯ މެޓަރާޒީ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ އިރުތަކެއް ނުވަނީސް ރައީސް މުއިއްޒު ރީތި ލަނޑެއް ކާމިޔާބު ކުރެއްވި އެވެ. އެއީ ދެތިން ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު، ރާއްޖޭގެ ލެޖެންޑް ގޯލްކީޕަރު އިމްރާން މުހައްމަދު ކައިރިން ވެސް ނައްޓައި ހުސް ގޯލަށް ބޯޅަ ފޮނުވާލައިގެނެވެ.
އަނެއްކާ ވެސް ފީފާގެ ޓީމަށް ލީޑު ނަގައިދިނީ މާކޯ މެޓަރާޒީ އެވެ. އެއީ އޯވާހެޑަކުން ޖެހި ރީތި ލަނޑެކެވެ. އޭގެ ފަހުން ދެވަނަ ހާފު ނިމުމުގެ ކުރިން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ ލަނޑެއް ޖަހައި 2-2 އިން ނަތީޖާ އެއްވަރުކުރި އެވެ.
ރަޢީސް މުއިއްޒު (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ (ވ) - ފޮޓޯ: ރައީސް އޮފީސް
ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީ ފީފާ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އިންފަންޓީނޯ ދެ ލަނޑު ކާމިޔާބުކުރި އެވެ.
އޭގެ ފަހުން ނަތީޖާގެ ފަރަގު ކުޑަކޮށް ދިނީ ރައީސް މުއިއްޒުގެ ދަރިކަލުން އުމައިރެވެ. އުމައިރު ފުދޭވަރެއްގެ ދުރުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އިމްރާނަށް މަތަކުރެވޭ ވަރަށް ވުރެ މާ ބާރަށް، ގޯލުގެ އެއްކައިރި ކަނަކަށެވެ.
އިންފަންޓީނޯގެ ޓީމުގެ 5ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތޯރިގު (ޓޮމް) އެވެ. އަދި 6ވަނަ ލަނޑު، އިންފަންޓީނޯ ކާމިޔާބުކޮށް ހެޓްރިކެއް ހެދި އެވެ.
މެޗު ނިމުމުގެ ކުރިން ރައީސް މުއިއްޒުގެ ޓީމަށް ހަތަރުވަނަ ކަނޑު ކާމިޔާބުކޮށްދެނީ ރައީސް އޮފީހުގެ މިނިސްޓަރު ނަސީރެވެ. އެއީ ރައީސްގެ ދަރިކަލުން އުމައިރު ދިން ޕާހަކުން ނަސީރު ކާމިޔާބުކުރާ ލަނޑެކެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
26 އޮކްޓޫބަރު 2025
0
24 އޮކްޓޫބަރު 2025
0
11 އޮކްޓޫބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2