އައްޑޫގައި ވަކިވަކި ކައުންސިލުތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ ފެންނަ ނުފެންނަ ވޯޓު ހިޔާލު ވޯޓަކީ ސަރުކާރުން ވަކި ނިންމުމެއް ނުވަތަ ވަކި ނަތީޖާއެއް ބޭނުންވާ ވޯޓެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ފޮނަދޫގައި ރައީސް ވިދާޅުވީ އެ ވޯޓަކީ 3 ރަށުގެ ވެސް ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ކަންކަން ނިންމުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
އެކަމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނަށް އެ ރަށްތަކުން ކަންބޮޑުވުން ހުށަހެޅިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މައްސަލައަށް ހައްލެއް ގެނައުމަކީ، ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ.
ސިޓީ ކައުންސިލްގައި ދެމި އޮންނާތޯ ނުވަތަ، ވަކި ކައުންސިލްތަކެއް އުފައްދައި ކުރިޔަށް ދާނީތޯ ވޯޓަކަށް ދިއުމަށް ނިންނެވި ސަބަބަކީ އެއީކަން ރައީސް ސާފުކޮށްދެއްވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެ ވޯޓުގައި ވަކި ގޮތެއް ބޭނުމެއް ނުވާ ކަމަށާއި ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކަށް ސަރުކާރުން ތާއީދުކުރާނެ ކަމަށެވެ.
މިހާރު އޮތް ކޮމްޕޮޒިޝަންގައި ކައުންސިލުތައް ތިބުމަށް ނިންމައިފިނަމަ ވެސް، ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.
ވަކި ކައުންސިލްތަކެއް އުފެދިއްޖެނަމަ ލިބޭނެ ފައިދާތައް ވެސް ރައީސް ހާމަކުރެއްވި އެވެ.
އެގޮތުންމިހާރުގެ ބްލޮކްގްރާންޓް ގުނަކުރާ އުސޫލަށް ބަލާއިރު، ވަކި ކައުންސިލެއް އުފައްދައިފިނަމަ، ފޭދޫ ކައުންސިލަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ އަދި ހުޅުދޫ ކައުންސިލަށް 13 ނުވަތަ 14 މިލިއަން ރުފިޔާ، އަދި މީދޫ ކައުންސިލަށް 18 މިލިއަން ރުފިޔާ ބްލޮކްގްރާންޓްގެ ގޮތުގައި ލިބޭނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުންފިލުވައިދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ސަރުކާރުން ވަކި ނަތީޖާއެއް އައްޑޫ ވޯޓުގައި ބޭނުން ނުވާ ހާލަތެއްގައި ވެސް ވޯޓުގެ ނަތީޖާއަކަށް ކަންކަން ނިމިގެންދާނެ ގޮތް ބަޔާންކޮށްދޭން ބޭނުންވީ ކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2