ރައީސް މުހައްމަދު މުއިއްޒު މިރޭ އެތައް ހާސް ސަޕޯޓަރުންނާ އެކު ޖަލްސާގެ ފޯރި ނަންގަވަނީ - ފޮޓޯ: ޕީއެންސީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން މިރޭ ޕީއެންސީން ފާހަގަކުރީ ކުލަގަދަކޮށެވެ. ރާއްޖޭގެ އެކި ރަށް ރަށުން މީހުން އާޓިފިޝަލް ބީޗަށް ޖަމާކޮށްގެނެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވައިގެ މަގުންނާއި ކަނޑު މަގުން ވެސް ސަޕޯޓަރުން މާލެއަށް ގެންނަމުން ދިޔަ އެވެ.
އެތައް ހާސް މީހުން އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގެ ހެންވޭރުކޮޅު ވެސް ފުރާލާފައިވާ ޖަލްސާގައި ރައީސް ވިދާޅުވީ އެތައް ހާސް މީހުނެއް އަންނަން ބޭނުންވެގެން ވެސް ނާދެވުނު ކަމަށެވެ. އެހެން ނަމަވެސް މިރޭގެ ޖަލްސާއަށް 13,000 މީހުން ޖަމާވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ނަމަވެސް މި ތަނަށް އަންނަން ބޭނުންވެފައި ތިބި މީހުންގެ ވެސް ދިހަ ބައިކުޅަ އެއްބައި (1/10) މި ތަނުގައި މި ތިބީ," ރައީސް ވިދާޅުވި އެވެ.
އޭގެ މާނަ އަކީ ރައީސް ވިދާޅުވި ހިސާބުން ނަމަ، ޖަލްސާއަށް 130,000 މީހުން އަންނަން ތިއްބެވެ. އެއީ ދެން އަންނަންހުރި އިންތިހާބުތަކަށް ވެސް އެމަނިކުފާނު ޖައްސަވާ ހިސާބު ކަމަށް ވެސް ވެދާނެ އެވެ.
ރައްޔިތުންނަށް ރައީސް ވަނީ އުފާވެރި ހަބަރުތަކެއް ވެސް ދެއްވައިފަ އެވެ. އެ ގޮތުން އަންނަ އަހަރުގެ ރޯދަ މަހު ކޮންމެ ގެއެއްގެ ވެސް ކަރަންޓު ބިލަށް އެންމެ ބޮޑުކޮށް ވެސް އަރާނީ 400 ރުފިޔާ ކަން އިއުލާންކުރެއްވި އެވެ. އަދި ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ވެސް މަސް ކޭސް ބަހާނެ ކަން ވެސް އިއުލާންކުރެއްވި އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2