ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ސިފަކުރައްވައިފި އެވެ.
ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރަސްމީކޮށް ރޭ ހުޅުވާފައިވާއިރު ޔާމީން ހިންގާ ޕީއެންއެފުންވެސް ވަނީ ހަމަ އެ ގަޑީގައި ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޖަލީލަށް ތައުރީފްކުރައްވައިފަ އެވެ.
އެކަމަކު ޔާމީން ވިދާޅުވީ، މާލޭގެ މޭޔަރުކަމުގެ ޓިކެޓު ޕީއެންސީން ޖަލީލު އަށް ދިން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މިހާރުވެސް މޭޔަރުކަމުގައި ހުންނެވި އަދި ދެވަނަ ދައުރަކަށް އެމްޑީޕީން ކުރިމަތިލާފައިވާ އާދަމް އާޒިމް ހޮވަން ކަމަށެވެ.
"ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުއިއްޒު ބޭނުންވަނީ އާދަމް އާޒިމް ހޮވެން އެހެންވެ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާ އެކީ ފޮޓޯ ނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޕީއެންސީގެ މެންބަރުން ކައުންސިލުތަކަށް އިންތިހާބުކޮށްގެން ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަ އަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ، ރައީސްގެ ބަސްމަގު ހުރީ ހުދުމުހުތާރު ވެރިއެއްގެ ބަސްމަގު ހުންނަ ގޮތަށް ކަމަށެވެ. އަދި ދައްކަވަނީވެސް އެފަދަ ސިފަތައް ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ޔާމީން، މޭޔަރު އާޒިމަށް ތުހުމަތުތަކެއްކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އާޒިމް ގެންދެވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ކުރެއްވި ކަންކަން ފަސް އަޅައި ފޮރުއްވަމުންނެވެ. މޭޔަރުކަމުގައި ރައީސް ހުންނެވިއިރު ކުރެއްވި ކަންކަމުގެ އޮޑިޓެއް އާޒިމް ހަދަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2