ފާއިތުވީ ހަފްތާ ތަކުގައި ރާއްޖޭގައި ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އޭޝިއާ ސަރަހައްދުގައި ކޮވިޑް-19 އަނެއްކާ ވެސް އިތުރުވަމުން އަންނަ ކަމަށް އިއްޔެ ބޭރުގެ ބައެއް ރިޕޯޓުތަކުން ވެސް ވަނީ ހާމަވެފަ އެވެ.
އެ ޚަބަރާއެކު ރާއްޖޭގައި މިހާރު މި ބަލި ފެތުރޭ މިންވަރާ ގުޅޭގޮތުން އެތައް ބަޔަކު ވަނީ ސުވާލުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ފާއިތުވީ ހަފްތާ ތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި ވެސް އިތުރުވެފައިވާ ކަމަށެވެ.
އޭގެއިތުރުން މިދުވަސްކޮޅު އިންފްލުއެންޒާ، ހުމާއި ރޯގާ އަދި ޑެންގޫ ހުން ވެސް ގެތުރެމުން އަންނަ ކަމަށާއި އެއީ ކޮންމެ އަހަރަކު ވެސް މިދުވަސްކޮޅު ފެތުރޭ ބަލިތަކެއް ކަމުގައި ވެސް އެޗްޕީއޭ އިން ފާހަގަ ކޮށްފައިވެއެވެ.
އެޗްޕީއޭ އިން ވަނީ މި ބަލިތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0