ރާއްޖެގައި ބިދޭސީ ތިން އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި މިއަދި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ބިދޭސީ އަންހެނުން ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔާފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ގުޅިގެެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތި ހޭންގް ޑައޯ( 38އ) ނަމަކަށް ކިޔާ އަންހެނަކާއި ތި މިންހް ވޫ (44އ) ނަމަކަށް ކިޔާ އަންހެނަކާއި ސައުތިޑާ ފިމަސޯން (37އ) ނަމަކަށް ކިޔާ އަންހެނެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެ ތެރެއިން 38 އަހަރުގެ އަންހެންމީހާއާއި 44 ގެ އަންހެންމީހާ އަކީ ވިއެޓްނާމް މީހުންނެވެ.އަދި 37 އަހަރުގެ އަންހެންމީހާ އަކީ ލާއޮސްއަށް ނިސްބަތްވާ މީހެކެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުންގެ ތެރެއިން ސައުތިޑާ ފިމަސޯން ފިޔަވައި އަނެއް ދެ މީހުން ޑީޕޯޓްކޮށްލާފައިވާ ކަމަށާއި ސައުތިޑާ ފިމަސޯންވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަށިވިއްކުމުގެ މައްސަލަތަކުގައި މީގެ ކުރިންވެސް ރާއްޖެއިން ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި ފަހުންވެސް ހަށިވިއްކުމުގެ މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށް އިމިގްރޭޝަނުން ޑީޕޯޓްކޮށްލައިފައިވެއެވެ. ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ހަށިވިއްކުމުގެ މައްސަލަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގައި ގިނަ މީހުންތަކެއް ހައްޔަރުކުރަމުންނެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

4 ދުވަސް ކުރި

17 މާރިޗު 2025
0