ސާދަ ތިރީސްގެ އެންމެ ފަހުން ނެރުނު މެޝަޕް ވަނީ ރާއްޖޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. އެގޮތުން މި މެޝަޕް ވަނީ އެންމެ އަވަހަށް 1 މިލިއަން ވިއުސް ހޯދި ދިވެހި މިއުޒިކް ވީޑިއޯ ލަވައެވެ.
މި މެޝަޕް ޔޫޓިއުބްގައި ޕޯސްޓްކުރިތާ އެންމެ 90 ދުވަހުގެ ތެރޭގައި 1 މިލިއަން ވިއުސް ހޯދުމަކީ ދިވެހި މިއުޒިކް އިންޑަސްޓްރީން މިހާތަނަށް ނުދެކޭ ކާމިޔާބީއެކެވެ.މި ކާމިޔާބީއާއެކު، ސާދަ ތިރީސްއިން ވަނީ އެމީހުންގެ ފޭނުންނަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު އުފެއްދުންތައް ގެނެސްދޭނެކަމުގެ ޔަގީންކަން ދީފައެވެ.
"މޯލްޑިވިއަން އައިޑަލްއިން މީހުންގެ ތަރުހީބާއި ލޯބި ހޯދި އެ މުބާރާތުން ދެވަނައަށް ދިޔަ މަޝްހޫރު ރީތި އަޑުގެ ވެރިޔާ ޝަލަބީގެ ލަވައިން މި މެޝަޕް ފެށިގެން ދިޔައިރު، ހަމަ މޯލްޑިވިއަން އައިޑަލުން ފެނިގެން ދިޔަ ހުނަވެރި ލަވަކިޔުންތެރިޔާ ހިޝާން އާއި ހަމްދާންވެސް މި ލަވައިން ފެނިގެން ދިޔައެވެ. މީގެ އިތުރުން ބޮޑުބެރު ލަވަތަކުންނާއި އެހަނދާނުގާއިން ފެނިގެންދިޔަ ހުނަވެރި ރީތި އަޑުގެ ވެރިޔާ މުސްފަހުގެ އަޑުވެސް މި ލަވައިން އިވިގެންދިޔައެވެ. ދެން މި ލަވައިން ފެނިގެން ދިޔަ ލަވަކިޔުންތެރިންނަކީވެސް ބޮޑުބެރުގެ ލަވަތަކުންނާއި 1438ގައި އެކި ގޮތްގޮތުން މީހުންނަށް ފެނި މަޝްހޫރުކަން ހޯދާފައި ތިބި މީހުންނެވެ.
ލަވަ ފުރަތަމަ އާންމުކުރީ ސައުންޑްކްލައުޑްގައެވެ. އެއަށްފަހު ލަވަ ދޫކޮށްލީ ޔޫޓިއުބްގެ ޕްލެޓްފޯމަށެވެ. މި ލަވަ ބެލުންތެރިންނާއި ހިސާބަށް ދޫކޮށްލިތާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހީވެސް ނުކުރާވަރުގެ ތަރުހީބެއް ލަވައަށް ލިބިގެންދިޔައެވެ.
އަޅުގަނޑުމެން ވަރަށް އުފާވެ އަދި ހައިރާންވޭ މިހާ އަވަހަށް މިވަރުގެ ކާމިޔާބީއެއް ލިބުނީތީ. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ފޭނުންގެ ލޯތްބާއި އެހީތެރިކަމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް
ސޯސަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ލަވައިގެ ތަންތަންކޮޅު މީހުން ލާ، ޓިކްޓޮކް ޕްލެޓްފޯމްގައި މީހުން ލަވަ ދިޔައީ ރީކްރިއޭޓް ކުރަމުންނެވެ. ސައުވީސްގަޑިއިރު ލަވައަށް ވެގެންދިޔައިރު މި ލަވައިގެ ވާހަކަ ނޫން ވާހަކައެއް ނުދެކެވުނެވެ. އެންމެންގެ ހިތްތަކުން މި ލަވައިންވަނީ ވަރަށް ފުރިހަމައަށް ޖާގަ ހޯދައިފިއެވެ.
"ކުރިއަށް" މީޑިއާއިން 1438 އަށް ލަވައިގެ ކާމިޔާބީ ފެނި އިހުސާސްތައް ހުރިގޮތާއިމެދު ސުވާލުކުރުމުން ބުނެފައިވަނީ ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ލިބުނު ކާމިޔާބީގައި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ލަވައިގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާއި ބެހޭގޮތުން ސުވާލު ކުރުމުން ބުނެފައިވަނީ ލަވައިގެ ގިނަ މަސައްކަތްތައް ކޮށްފައި ހުންނާނީ 1438 ގްރޫޕްގެ މެންބަރުން ކަމަށެވެ. އަދި ލަވަ ކިޔާފައިވެސް ތިބި ގިނަ ލަވަކިޔުންތެރިންނަކީ 1438ގައި އުޅޭ މެންބަރުން ކަމަށެވެ.
މީގެ އިތުރުން 1438އިން ބުނެފައިވަނީ ގާތްގަނޑަކަށް ދެމަސްދުވަސް މި ލަވައިގެ މަސައްކަތަށް ހޭދަވިކަމަށެވެ. ލަވައިން ފެނިގެން އެދާ ރީތި މަންޒަރުތައް ބެލުންތެރިންނާއި ހިސާބަށް ގެނެސްދިނުމުގައި ގްރޫޕް ކުދިންގެ ބުރަ މަސައްކަތް ފާހަގަކުރިއެވެ. އަދި އެ މަންޒަރުތައް ނެގުމަށް މަގުފަހިވެގެން ދިޔައީ އެޗްޑީސީގެ އެހީތެރިކަމާއިއެކު ކަމަށްވެސް 1438 އިން ބުންޏެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0