ދިވެހިރާއްޖޭގެ މަޝްހޫރު ބޭންޑް "ޓޫ އޮފް އަސް" އިން އިންޑިއާގެ ނަން މޮޅު ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ކާމިޔާބީ ހޯދީ އިންޑިއާގެ މަޝްހޫރު ގާއިދު އަރްޖިތު ސިންގްގެ "ވޭ ކަމްލެޔާ" ލަވަ އުފެއްދުންތެރި ގޮތަކަށް ހުށަހަޅައިގެންނެވެ.
މި ލަވަ ހުށަހެޅުމުގައި ބޭންޑުގެ މެންބަރުން ކަމުގައިވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން ވަނީ ޚާއްސަ އުފެއްދުންތެރި ގޮތެއް ގެނެސްދީފައެވެ. ޚާއްސަކޮށް އަދުހަމްގެ އަމިއްލަ ލިރިކްސްގެ ބައެއް ލަވައަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވުނެވެ. މި އުފެއްދުންތެރި ގޮތަށް މުބާރާތުގެ ޖަޖުންގެ ޚާއްސަ ތައުރީފު ލިބިފައިވެއެވެ.
"ޓޫ އޮފް އަސް" ބޭންޑުގައި އަދުހަމް އާއި ނަސޫހުގެ އިތުރުން އަބްދުﷲ ޝަމްރޫހް، އަހްމަދު ޖަޝީމް އަދި އަހްމަދު ޝަހީދު ހިމެނެއެވެ. މި ފަސް މެންބަރުންގެ ހުނަރާއި ޤާބިލުކަން މި މުބާރާތުގައި ފާހަގަކުރެވިފައިވެއެވެ.
މި ބައިނަލްއަޤްވާމީ މުބާރާތުގައި 10 ގައުމަކުން ބައިވެރިވެފައިވާއިރު، "ޓޫ އޮފް އަސް" އިން ސެމީ ފައިނަލަށް ކޮލިފައިވުމަކީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މިއީ ދިވެހި މިއުޒިކް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެންދިޔަ އުފާވެރި ވަގުތެކެވެ.
މެއި 2 ވަނަ ދުވަހު ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025 ގެ ގްރޭންޑް ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ފައިނަލްގައި އެންމެ މޮޅު 5 ބޭންޑް ވާދަކުރާއިރު، އެދުވަހުގެ ނިޔަލަށް އެންމެ މޮޅު 3 ބޭންޑް ހޮވޭނެއެވެ.
ދިވެހިރާއްޖޭގެ ނަން މަތިކުރުމުގެ އުންމީދުގައި، އެތައް އަހަރެއްގެ މަސައްކަތާއި ފަންނީ ހުނަރު ބޭނުންކޮށްގެން ޓޫ އޮފް އަސް މިވަނީ ފައިނަލަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މިހާރު އެ ބޭންޑުން ކުރާ ކޮންމެ މަސައްކަތަކީ އެމީހުންގެ ހުވަފެންތަކާއި އުންމީދުތަކުގެ ބަރުދަން އުފުލާ މަސައްކަތްތަކެކެވެ.
"މިހާހިސާބަށް އައުމަށްފަހު އަނބުރާ ދާކަށް ނެތިން. މި ދަތުރަކީ އަޅުގަނޑުމެންގެ ގައުމަށް، އަޅުގަނޑުމެންގެ ފަންނަށް އީމާންވާ ކޮންމެ މީހަކަށް، އަދި އަޅުގަނޑުމެން އެންމެން ގުޅުވައިދޭ މިއުޒިކަށް ކުރާ ދަތުރެއް
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0