އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ)އިން ވަނީ 'އެންޓި-މަނީ ލޯންޑަރިން އެންޑް ކައުންޓާ ޓެރަރިސްޓް ފައިނޭންސް މެޝާސް'ގެ ރިޕޯޓެއް ރާއްޖެއާ ގުޅޭ ގޮތުން އެކުލަވާލާފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު އާންމުކުރި ރިޕޯޓްގައިވަނީ ކަޅު ފައިސާގެ އާމްދަނީ ހޯދާ ބައެއް ގޮތްތަކާއި މާލީ ނިޒާމަށް އޮޅުވާލައިގެން އެ ފައިސާ ދައުރުކުރާ ގޮތްތަކުގެ ތަފްސީލެވެ.
ރިޕޯޓްގައި ބުނާ ގޮތުން ހަތަރު ގޮތަކަށް ރާއްޖޭން ކުށުގެ އާމްދަނީ ހޯދައިގެން މަނީ ލޯންޑަ ކުރެ އެވެ.
މަސްތުވާތަކެތި އެތެރެކުރުން
ހިޔާނާތުގެ ކުށްތައް
ރާވައިގެން ހިންގާ އެކިއެކި ކުށްތައް، ޓެރަރިޒަމް ހިމެނޭ ގޮތަށް
މަކަރާއި ހީލަތް
މަސްތުވާތަކެތި ދައުރުކުރުމުގައި ރާއްޖޭގެ ސަރަހައްދު މުހިންމުވާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފަ އެވެ. މަސްތުވާތަކެތީގެ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ވިޔަފާރީގައި ރާއްޖެއަކީ ކެނަބިސް، ހެރޮއިން އަދި ކޮކެއިން ފަދަ ބާވަތްތައް ޓްރެފިކްކުރަން ބޭނުންކުރާ ޓްރާންސިޓް ޕޮއިންޓެކެވެ.
އެ ވިޔަފާރީގައި ދިވެހި ގޭންގުތަކާއި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ކުށްކުރާ ނެޓްވޯކުތަކާ ދެމެދު ގުޅުން އޮންނަ ކަން ވެސް އޭގައިވެ އެވެ. ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގާ ބިދޭސީންނާއި އެކި މީހުން ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ވެސް ހިންގަ އެވެ.
ޓެރަރިޒަމްގެ ކަންކަމާއި ދީނީ ހަރުކަށި ފިކުރު ފެތުރުމަށް ފައިސާ ހޯދަނީ، ބޭރުގެ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮންނަ ދިވެހިން ރާއްޖޭގައި ތިބެގެން ކަމަށް ރިޕޯޓްގައިވެ އެވެ.
ފައިސާ ހޯދާ ގޮތްތަކުގެ ތެރޭގައި އާއިލާ މީހުންނާއި މި ފިކުރުގެ މުއްސަނދި ވިޔަފާރިވެރިން ފޯރުކޮށްދޭ ފައިސާ އާއި ކުށްކުރާ ގޭންގުތަކާއި ބޭރުގައި ހަރަކާތްތެރިވާ އައިސިސްގެ ނެޓްވޯކުތައް ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.
މި ފައިސާއިން ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާއި ދަތުރުގެ ހަރަދާއި ތަމްރީން އަދި އާއިލާތަކުގެ ޒަރޫރީ ކަންކަމަށް ވެސް ހަރަދުކޮށްދޭ ކަން ރިޕޯޓްގައި ބުނެ އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2