ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބުނެފި އެވެ.
ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔޫކޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މީގެ ކުރިން ވިދާޅުވެފަ އެވެ.
އެކަމަކު ތުރުކީ ސަރުކާރުން ހިންގާ ނިއުސް އެޖެންސީއެއް ކަމަށްވާ "އަނަދުލު އަޖަންސީ" އިން އެ މައްސަލާގައި އިނގިރޭސި ވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން ބުނީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މައްސަލަ އޮތީ މޮރިޝަސްއާ ދެމެދު ކަމަށެވެ.
"އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި" ފޮރިން އޮފީހުން ބުނެފައިވެ އެވެ.
ފޮރިން އޮފީހުން ބުނީ މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ޗާގޯސްގެ އެންމެ ބޮޑު ރަށް އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމާޔަތްކުރުމަށް ވަރަށް ހަރުކަށި މާއްދާތަކެއް ހިމަނާފައިވާ ކަމަށާއި އެއީ ޑިއެގޯ ގާސިއާ އެގޮތުގައި ދެމެހެއްޓޭނެކަން ކަށަވަރުކުރަން ޖެހޭތީކަން ކަމަށެވެ.
އިޓްލޮސްގެ މައި އޮފީހުގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމް ކުރުމުން ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަ ކިލޯމީޓަރު ލިބުނުއިރު، މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2