ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެނަމަ ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ ނޭވަލް ސަޕޯޓް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ތައްޔާރަށް ހުންނެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އެމެރިކާގެ 'ނިއުސްވީކް' މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޑިއޭގޯ ގާސިއާގައި އޮންނަ ނޭވަލް ސަޕޯޓް ފެސިލިޓީގެ ބޭނުން ކުރައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވާކަން ހާމަވާ ކަމަށެވެ. ރާއްޖެއަށް ޗާގޯސްގެ މިލްކުވެރިކަން ލިބިއްޖެނަމަ މަޖިލިސް މެދުވެރިކޮށް އެމެރިކާގެ 'ނޭވަލް ސަޕޯޓް ފެސިލިޓީ ޑިއޭގޯ ގާސިއާ' ބޭސް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުވެއްޖެ ނަމަ، މިހާރު އޮތް ހާލަތުއެގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ލަފަޔާއި ހުއްދަ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނަން،" ރައީސް މުއިއްޒުގެ އިންޓަވިއުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޗާގޯސްއަކީ މިހާރު މީހުން ދިރިނޫޅޭ އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއް ކަމަށާއި މިއީ ޑިއޭގޯ ގާސިއާ ބޭހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭ ދެ ސަބަބު ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ނިންމާފައިވެ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރީ އިކިއިޑިސްޓެންސްގެ ހަމައިންނެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2