އާއިލާގެ ދޮށީ މީހުނާއެކު ކުޑަކުދިންތަކެއް ފެންއަރުވާ ވަޑާން ކައިރީ - ކުރިއަށް މީޑިއާގެ ކެމެރާއިން
ވަކި މުއްދަތަކަށް ފަހު ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދޫކުރާ ކޯޓާ ތަކުން އުނިކުރާ ލިސްޓުން ބޭބީ ސިޓާސް އުނިކޮށްފި އެވެ.
އެ ކޯޓާތައް އިސްލާހުކޮށް ފުރަތަމަ ހޯމް މިނިސްޓްރީ އިން ގެޒެޓު ކުރީ ހޯމަ ދުވަހުގައެވެ. އެ ދުވަހު ގެޒެޓު ކުރި ލިސްޓުގައި ބޭބީ ސިޓާސް ހިމެނެއެވެ.
އެ ލިސްޓުގައި ބޭބީ ސިޓާސް ހިމެނޭތީ އާންމުންގެ ކަންބޮޑުވުމާއި ފާޑު ކިޔުންތައް ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވި އެވެ.
އެއާއެކު ބޭބީ ސިޓާސް އުނިކޮށް މިއަދު އެ މިނިސްޓްރީ އިން ވަނީ އަލުން އެ ލިސްޓު ގެޒެޓު ކޮށްފަ އެވެ.
މި ލިސްޓުގައިވާ ގޮތުން މީގެ ފަހުން ކޯޓާ ދޫނުކުރާނެ ވަޒީފާތައް:
އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް:
އަލަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކަކީ، ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުންގެ އިތުރުން ޕައިލެޓުންނެވެ.
ހަމައެއާއެކު ގަވާއިދަށް އިސްލާހަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކަކީ އިލެކްޓްރިކަލް އިންޖީނިއަރުންގެ އިތުރުން ޑައިވް އިންސްޓްރަކްޓަރުންނެވެ.
މި ގަވާއިދުގައިވާ ގޮތުގެ ތެރެއިން މި ވަޒީފާތަކުގައި މިހާރު ވަޒީފާ އަދާ ކުރާ ބިދޭސީންގެ ކޯޓާ ވަކި މުއްދަތެއް ހަމަވުމުން ބާތިލު ކުރާނެއެވެ.
މީގެ އިތުރުން އެ ގަވާއިދު ގައި ބުނެފައިވަނީ ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި މިންވަރަށް ބަލައި އެ މަގާމުތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ހޯމް މިނިސްޓަރަށް ލިބެއެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
11 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2