ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކާމިޔާބު ކުރާނީ 80 ޕަސެންޓަށްވުރެ ބޮޑުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ޓީކެޓުގައިހދ. ކުޅުދުއްފުިން ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ޒައާމަތު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭވަރުގެ ތަރައްގީގެ ޒައާމަތަކަށް ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުން ވެގެންދާނީ ސަރުކާރާ ގުޅިގެން ކުޅުދުއްފުށީގައި ހުރި މަސައްކަތްތައް ނިންމައިދޭ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓަށްވުރެ މަތިން" ފަލާހު ވިދާޅުވި އެވެ.
ބައެއް ދާއިރާތަކަށް އިދިކޮޅު އެމްޑީޕީން ކުރިމަތިނުލަ އެވެ. އެކަމަށް އިޝާރާތްކޮށް ފަލާހު ވިދާޅުވީ ހުރިހާ ގޮނޑިއަކަށް ކުރިމަތިލާން އެމްޑީޕީއަށް ނުކެރުނު ކަމަށެވެ. އެހެންކަމުގެ ޕީއެންސީއަށް އިންތިހަބަކާއި ނުލައި މިހާރުވެސް ގޮނޑިތަކެއް ލިބިފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ޕީއެންސީއަކީ "ވަރުގަދަ ލީޑަރެއް" ހުންނެވި "ސަޅި ޕާޓީއެއް" އެވެ. އެ ޕާޓީއަށް ދައުލަތުން ދޫކުރާ ފައިސާ ވެސް ހަރަދު ކުރަނީ ޖަގަހަތައް ހެދުމާއި ސިޔާސީ ހަރަކާތްތަކަށް ކަމަށް ފަލާހު ވިދާޅުވި އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2