ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓުން ހާމަކޮށްފި އެވެ.
ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރައްވަނީ ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު އެވެ.
ޒަރިޔަންދު، ޕީއެންއެފްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ނުކުންނަވާނެކަން އިއުލާނުކުރީ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފުން ބޭއްވި 'ރީސެޓް' ޖަލްސާގަ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އޭނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.
ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް ޔާމީން ދެއްވި ހިތްވަރަކުން ކަމަށް 20 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވައިފާ ޒަރިޔަންދު ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބު ގައި ޕީއެންއެފުން ވާދަކުރާނެ ކެންޑިޑޭޓަކީ ޒަރިޔަންދުކަން އިއުލާންކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލް އެވެ.
ޖަލީލް ވާދަކުރައްވާކަން ޕީއެންސީން ހާމަކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެކަން ހާމަކުރީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ. މޫސާ އަލީ ޖަލީލު ވަނީ ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވާފަ އެވެ.
ޔާމީނާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ 5 އަހަރު ސިޔާސީ އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރެއްވުމަށްފަހު، މި ވަގުތު އެންމެ ބޮޑު ސިޔާސީ ވާދަވެރިކަމެއް ވެސް އޮތީ އެ ދެ ބޭފުޅުންގެ މެދުގަ އެވެ. ޒަރިޔަންދާއި މޫސާ އަލީ ޖަލީލުގެ ވާދަވެރިކަން ޝައުގުވެރި ވަނީ އެހެންވެ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މާލޭ މޭޔަރުގެ ޓީކެޓަށް ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އެއި މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2