ރައީސް މުޢިއްޒު އައު ތެލެސީމިއާ ސެންޓަރު ހުޅުވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާ އިމާރާތަށް ބަދަލުކުރި އައު ތެލެސީމިއާ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލު ކުރަން ރައީސް މުޢިއްޒު އެންގެވީ މިއަހަރުގެ މާރިޗް މަހުގަ އެވެ.
ރައީސްގެ އެންގެވުމާ އެކު ސިފައިން އެ މަސައްކަތް ނިންމައި، ސިއްހީ ވުޒާރާއާ ހަވާލު ކުރީ މި މަހުގެ ކުރީކޮޅުގަ އެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލު ކުރުމުން، ޖާގައިގެ ގޮތުން ތަނަވަސްވެ އެ ސެންޓަރުގެ ހިދުމަތްތައް ފޯރުކޮށް ދިނުމަަށް ފަސޭހަތަކެއް ލިބިގެން ދެއެވެ.
އަލަށް ހުޅުވި ތެލެސީމިއާ ސެންޓަރުގައި ޖެނެރަލް ވޯޑެއްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް ވަނީ އިތުރުވެސް ކޮށްފަ އެވެ.
މީގެ އިތުރުން 5 ނަރުހުންނާއި 6 ލެބް ޓެކްނީޝަނުން އިތުރުކޮށް ދާއިމީ ފިޒީޝަނެއް ހަަމަޖައްސާފައި ވެއެވެ. އަދި އިދާރީ ބަޔަށް ވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށް ވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައި ވެއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0