ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯވގެ ރެކޯޑް ބިންދާލާފައިވާ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލަރ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އައްޔަނުކޮށްފިއެވެ. ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލަރ، އޭނާގެ އެމްބެސެޑަރޝިޕްގެ ދަށުން ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.
ނެޓްފްލިކްސްގެ "ވަން ޕީސް" އަކީ 84 ޤައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށް ވެގެންދިޔަ ސީރީޒްއެކެވެ. މިއީ "ވެޑްނެސްޑޭ" އަދި "ސްޓްރޭންޖަރ ތިންގްސް" އިން ކުރިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ. ފާޑުކިޔުންތެރިންނާއި ފޭނުންގެ މެދުގައި މިހާތަނަށް އެންމެ ރަނގަޅު ލައިވް-އެކްޝަން އެނިމޭ އެޑަޕްޓޭޝަންތަކުގެ ތެރެއިން އެއް އެޑަޕްޓޭޝަން ކަމުގައި ބެލެވެއެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. މި ނުފޫޒުގެ ސަބަބުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދިވެހީންގެ އާދަކާދައާއި، ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ސްކައިލަރ 27 އޯގަސްޓު އިން 15 ސެޕްޓެމްބަރ 2025 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި އޭނާ ދިވެހިރާއްޖޭގެ މަޖާކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދޭ މާކެޓިންގ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމާއި، މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ މާކެޓިން ނުފޫޒު ބޭނުންކޮށްގެން ދިވެހިރާއްޖެ އިތުރަށް މަޝްހޫރުކުރުމެވެ. މިއީ ވިޒިޓް މޯލްޑިވްސްއިން ދިވެހިރާއްޖެ ތެދުވެރިކަމާއި ނުފޫޒާއެކު ތަމްސީލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރު ފިޔަވަޅެކެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0