އެޑިއުކޭޝަން މިނިސްޓަރު ޝަފީއު، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ބާކީނުވާނެހެން ތައުލީމުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވަބު ދެއްވުމަށް ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ 5 ވަނަ ފޯރަމްގައި ރޭގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ތައުލީމާ ބެހޭ ވުޒާރާއިން އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމަށާއި އެކަން ވަރަށް ޔަގީންކަމާއެކު ދަންނަވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ޔަގީން ކަމާއެކު ދަންނަވާލަން ބޭނުންވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަކުން އެއްވެސް ކުއްޖަކު ބާކީއެއް ނުއެއް ކުރާނެ. [އެކަމަކު ވެސް] ފަންނީ ގާބިލު ކަން ވެސް އިތުރުކުރަން ޖެހޭ. މިނިސްޓްރީގަ ވަސީލަތްތައް ހުރި މިންވަރުން އަދި ފަންނީ ގާބިލުކަން ހުރި މިންވަރުން ހިދުމަތް ދެމުން މިދަނީ." ވަޒީރު ވިދާޅުވިއެވެ.
ވަސީލަތްތައް ފުރިހަމަ ކުރަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ވަގުތު ވެސް ހާއްސަ އެހީއަށް ބެޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް 600އެއްހާ މުދައްރިސުން ބޭނުންވާ ކަމަށެވެ.
"ހަސަތޭކައެއްހާ ޓީޗަރުން ބޭނުންވޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިން އަޅުގަނޑުމެން މިހާރު އަޅުގަނޑުމެން ބޭނުންކުރާ ޓާމިނޮލޮޖީސް ކޮމްޕްލެކްސް ލާނިން ޕްރޮފައިލް ގެ ކުދިންނަށް އެ ހިދުމަތްދިނުމަށްޓަކާ، ކިޔަވައިދިނުމަށްޓަކާ، އަދި މިއާއެކު ސުކޫލުތަކުގެ އެސިސްޓިން ޓެކްނޮލޮޖީސް ވަސީލަތްތައް ވެސް ފުރިހަމަވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މިފަދަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީން ކުރުމުގެ ހާއްސަ މަސައްކަތެއް ފަށްޓަވާނެކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް އެފަދަ ކުދިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0