ހުކުރު ހުތުބާ- ފޮޓޯ: މިހާރު
ނުދަނެހުރެ އަޅުކަންކުރާ މީހަކަށް، ބާތިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިތާނާ ގޮވާލައިފާނެކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ވާހަކަދެއްކީ އިލްމު އުނގެނުމުގެ މާތްކަމުގެ މަށްޗަށެވެ. މިގޮތުން އިލްމުވެރިންނަކީ ކިހާ މާތް ބަޔެއްކަން ކިޔާދެއްވައި ބުނެފައިވަނީ ގުރުއާނުގައި މަލާއިކަތް ބޭކަލުންގެ ވާހަކަ ވަހީކުރެއްވުމަށްފަހު އެއާ ވިދިގެން އިލްމުވެރިންގެ ވާހަކަ ނަންގަންނަވާފައިވުމުން، އިލްމުވެރިންގެ ޝަރަފާއި، މާތްކަމާއި،މަތިވެރިކަން ހާމަވެގެން ދާކަމަށެވެ. އަދި އިލްމުވެރިންނަކީ އެހެންމީހުންނާއި އެއްފަދަ ބައެއް ނޫނަކަމަށް ގުރުއާނުގައި އަންގަވާފައިވާކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
މާތްاللهއަށް އެންމެ ބިރުވެތިވެ، ތަގްވާވެރިވާ މީހުންނަކީ އިލްމު އުނގެނި އެ އިލްމާއި އެއްގޮތަށް އަމަލުކުރާ މީހުންކަމަށާއި، ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ އިލްމުކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން އިލްމުގެ މަގާމު މަތިވެތި ކަމަށާއި، އިލްމު އުނގެނުމަށް ރަސޫލާ ވަރަށް ބޮޑަށް ބާރު އެޅުއްވިކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މިއާއެކު އަހަރެމެންގެ ތެރެއިން ހެޔޮކަމަށް އެދޭ މީހާ ޝަރުއީ އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހުސްކުރުން މުހިންމުކަމަށާއި، އުމުރުން ކޮންމެ ދުވަހަކީ އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަ ކުރެވިދާނެ ދުވަހެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ. އިލްމު އުނގެނުމަކީ ތިމާ އަށާއި، އެހެންމީހުނަށްވެސް ފައިދާއާއި ލާބަ އާއި މަންފާ ކުރާނެ ކަމަކަށްވެފައި، އިލްމުވެރިޔާ މަރުވުމަށްފަހުގައިވެސް އޭނާ އުނގެނި، އެހެންމީހުނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާތީ، މިއީ ކިހާ މުހިންމު ކަމެއްކަން ހުތުބާގައި ކިޔާދީފައިވެއެވެ.
މީގެ އިތުރުން ނުދަނެހުރެ އަޅުކަން ނުކުރުމަށާއި، އެގޮތަށް އަޅުކަންކުރާ މީހާއަށް ބާތިލުގޮތުގައި އަޅުކަމެއް ކުރަން ޝައިތާނާ ވިސްނައިދީފާނެކަމަށާއި، އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެން މީހުންވެސް މަގުފުރައްދައިފާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން އިލްމު އުނގެނިފައި ހުރިނަމަ އެ އިލްމުވެރިޔާ މަގުފުރައްދާކަށް ޝައިތާނާއަކަށް ފަސޭހައެއް ނުވާނެކަމަށާއި، އޭނާއަށް ލިބިފައިހުރި އިލްމެއްގެ ސަބަބުން އިލްމުގެ މަތީގައި ސާބިތުވެހުރެ، އަނެކުންވެސް ހެޔޮމަގަށް އަޅުވަން މަސައްކަތްކުރާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0