ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި، ޕްރޮގްރާމްތައް ހުށަހަޅައިދޭތީ ނޫސްވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ''ތަރުޖަމާނާއެކު'' ގެ ނަމުގައި ހީނާ ވަނީ ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވަވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އެވެ.
ތަރުޖަމާނާ އެކު އެޕިސޯޑް 1 pic.twitter.com/uOQ3Ny5VW0
— Heena Waleed (@MvSpokesperson) January 3, 2026![]()
އެކަމަށް ފާޑުކިޔައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހުމަދު ނާއިފު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕޮޑްކާސްޓެއް ހުށަހަޅަން ސަރުކާރުގެ ތަރުޖަމާނަށް ވަގުތު ލިބުނު ނަމަވެސް ނޫސްވެރިންނަށް ޖަވާބު ދޭނެ ވަގުތު ނުލިބުމަކީ ހިތާމަ ހުރި ކަމެކެވެ.
''އެންމެ އިސްކަން ދޭން ޖެހޭނީ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ސަރުކާރުގެ މައުލޫމާތު ހިއްސާކުރަން، އެކަމަކު އަޅުގަނޑުމެން (ނޫސްވެރިން) ޖެހެނީ މައުލޫމާތު ހޯދަން ސަލާން ޖަހަން'' ނާއިފް ބުންޏެވެ.
Disappointing that the spokesperson has time to host a podcast but can’t find the time to actually answer journos. Your priority should be answering media queries and voluntarily sharing govt info, yet we’re out here begging for the basics. Do the job first. https://t.co/eIga14Oj15 — Naif (@naaif) January 4, 2026
ސަން އޮންލައިންގެ އެޑިޓަރު އަހުމަދު އިނާހު އެކްސް ގައި ބުނީ މި ސަރުކާރަކީ ވަކި މިސްރާބެއް އޮތް ސަރުކާރެއް ނޫން ކަމަށާއި، ތަރުޖަމާނަށް ދައުލަތުން މުސާރަ ދެނީ މީޑިއާގެ ސުވާލުތަކަށް ޖަވާބު ދޭން ކަމަށެވެ.
''ޓީވީ ޕްރޮގްރާމްތައް ހުށަހަޅާކަށެއް ނޫން މުސާރަ ދެނީ، ހަވާލުކޮށްފައިވާ ޒިންމާ އަދާކުރޭވޭ'' ނޫސްވެރިން ބޭނުންވާ މައުލޫމާތު ދޭން ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އިނާހު ބުންޏެވެ.
''ސަރުކާރުގެ ތަރުޖަމާނުގެ މަސްއޫލިއްޔަތަކީ ޕްރޮގްރާމް ހުށަހަޅައިދިނުމާއި ސޯޝަލް މީޑިއާގައި ޕޯސްޓުކުރުންތޯ؟'' އެމްޖޭއޭގެ ނައިބް ރައީސް އަދި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ސަރުކާރުގެ ތަރުޖަމާނުގެ މަސްއޫލިއްޔަތަކީ ޕްރޮގްރާމް ހުށަހަޅައިދިނުމާއި ސޯޝަލްމީޑިއާގައި ޕޯސްޓުކުރުންތޯ؟
ނޫސްވެރިންގެ ބައްދަލުވުންތައް ސަރުކާރުން ނުބާއްވަނީ ދެއްވާނެ ޖަވާބެއް ނެތީތޯ؟
ހުސް އެއްކޮޅުން ވާހަކަދެއްކިޔަސް ކަންކަން އޮޅުމެއް ނުފިލާނެ. @MvSpokesperson https://t.co/V86BfxkhlU — MohamedShahzan (@MohamedShahzan) January 3, 2026
އަދަދު ނޫހުގެ ވެރިޔާ ހުސެއިން ފިޔާޒު މޫސާ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ތަރުޖަމާނުގެ ހައިބަތު ހީނާ ގެއްލުވާލާފައިވާ ގެއްލުވާލާފައިވާ ކަމަށެވެ.
Spokesperson ge Magaamuge haibathu Heena Dhuvvaalaifi. Kuraane kameh nethigen Kureege Handhaan thah aavaanama MMTV ah vadaigannavaa — Hussain Fiyaz Moosa (@hussainfiyaz) January 4, 2026
ނޫސްވެރިންގެ ސުވާލުތަކަށް ހީނާ ޖަވާބު ނުދޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު ވެސް ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 8 ވަރަކަށް ވަނީ ވެފަ އެވެ.
0%
0%
0%
0%
0%
7 މިނަޓް ކުރި
0
19 މިނަޓް ކުރި
0
6 ގަޑިއިރު ކުރި
0
8 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2