ދިވެހި ނޫސްވެރިންގެ ޖަމިއްޔާގެ އަމިއްލަ ކައުންސިލެއް ހެދުމަށް އެކުލަވާލި ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އެމްޖޭއޭ
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އުފައްދާ އަމިއްލަ މީޑިއާ ކައުންސިލްގެ އޮނިގަނޑު އާންމުކޮށް ހިޔާލަށް މިރޭ ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގައި ގާނޫނީ ހައިސިއްޔަތާ އެކު މީޑިއާތައް ރެގިއުލޭޓް ކުރަން އޮތް މިނިވަން 'ސެލްފް ރެގިއުލޭޓަރީ' ނިޒާމެއްގައި ހިންގަމުންދިޔަ މީޑިއާ ކައުންސިލް އުވާލުމުން އެ ޖަމިއްޔާއިން އިސްވެ ފެށި މަސައްކަތެކެވެ.
މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލީ، މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތައް އެޅޭ ގޮތަށް އޮންނަ ކޮމިޝަނެއްގެ ގާނޫނެއް ސަރުކާރުން ގެނެސްގެނެވެ.
ދިވެހި ނޫސްވެރިން ޖަމިއްޔާއިން އަމިއްލަ ކައުންސިލެއް ހެދުމަށް ނިންމީ ސަރުކާރުން ތަސްދީގުކުރި ގާނޫނަށް ގޮންޖެހުމުގެ ވެސް ގޮތުންނެވެ.
އެ ޖަމިއްޔާއިން އާންމުކުރި އޮނިގަނޑުގައިވާ ގޮތުން އެ ކައުންސިލްގައި ތިބޭނީ ޖުމުލަ 9 މެންބަރުންނެވެ. އެއީ:
އެ އޮނިގަނޑުގައިވާ ގޮތުން މިހުރިހާ މެންބަރުން ވެސް އިންތިހާބުކުރަނީ މީޑިއާތަކުން ވޯޓު ދީގެންނެވެ.
ކައުންސިލްގައި ބައިވެރިވުމަށް މީޑިއާތަކަށް ހުޅުވާލާނެ އެވެ. އެ ގޮތުން މީޑިއާއެއްގެ ގޮތުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާ ކުންފުންޏަކަށެވެ. ކުރިން އޮތް ނިޒާމުގައި އެއް ކުންފުންޏެއްގެ ދަށުން ހިންގާ އެކި ނޫސް މަޖައްލާތަކަށް ވަކިން ބައިވެރިވެ އެވެ.
ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން އުފައްދާ މިނިވަން ނޫސްވެރިކަމުގެ އެ ކައުންސިލުން އިސްވެ މައްސަލައެއް ނުބަލާނެ ކަމަށް އެ އޮނިގަނޑުގައިވެ އެވެ. އަދި މައްސަލަ ބެލުމަށް ފަހު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މީޑިއާ ހުއްޓާލުން ޒާތުގެ ހަރުކަށި ފިޔަވަޅެއް ނާޅާނެ އެވެ.
މި އޮނިގަނޑަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހަށެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2