ނޫސްވެރިންނަށް ސަރުކާރާ އިދިކީލަ ވެވޭ ކަމަށް ބުނެ، ނޫސްވެރިންނާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބައެއް ނޫސްވެރިން ތުހުމަތުކޮށްފި އެވެ.
މި ފަހުން އާއްމުންނާއެކު ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ ސަރުކާރެއް ނެތް ކަމަށެވެ. އެގޮތުުން މި ފަހުން އެމަނިކުފާނު ދިގު ޕްރެސްއެއްވެސް ބޭއްވި ނޫސްވެރިންނަށް ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތުވެސް ދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ އެހެން ދާއިރާތަކެކޭ އެއްގޮތަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށެވެ.
''ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީ އަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ކިޔާފައި އިއުލާންކުރީމަ އެ ހިސާބުން އޭގެ ޕްރޮފެޝަނަލިޒަމް ގެއްލުނީ'' އަދަދު ނޫހަށް އިޝާރާތްކޮށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެހެން ވިދާޅުވާ ވާހަކަ ހިއްސާކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަދި 'ދައުރު' ނޫހުގެ އެޑިޓަރު އަހުމަދު ނާއިފް ވިދާޅުވީ ރައީސް އެ ހައްދަވަނީ ބުހުތާނު ދޮގު ކަމަށެވެ.
''ރައްޔިތުން މެނިޕިއުލޭޓް ކުރައްވަނީ، ދީނީ ކާޑް ބޭނުންކޮށްގެން. ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަކީ ރެކޯޑް ޕްރެސްކޮންފަރެންސް ބޭއްވުމެއް ނޫން. އަހަރުމެން ނޫސްވެރިން ނުބުނޭ ގާނޫނުއަސާސީގެ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރަން ފުރުސަތު ދޭށޭ. ނޫހެއްގެ އެޑިޓަރަކު ވިދާޅެއް ނުވޭ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ އޮންނަނީ'' ނާއިފް ވިދާޅުވި އެވެ.
ބަހުސްގެ ބޭނުމަށް އެފަދަ ޕޮލިސީއެއް ނޫހެއްގައި އޮތަސް އެއީ މައްސަލައެއް ނޫން ކަމަށާއި ސަރުކާރެއް ޒިންމާދާރުކޮށް ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް އެކި ހިޔާލުތަކަށް (ޕްލޫރަލިޒަމް) ޕަބްލިކް ޑިސްކޯސް (އާންމު ބަހުސް ތަކަށް) ފުރުސަތު އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނާއިފްގެ ޕޯސްޓަށް ރައްދު ދެއްވަމުން ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވީ ރައީސް ހެއްދެވީ ދޮގެއްކަމަށް ވިދާޅުވިއިރު، ނާއިފް ވިދާޅުވާއިރު ނާއިފް އަކީ އެބައްދަލުވުމުގަ އިންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އެކުވެރި ނާއިފް، ތީ އަޅުގަނޑު އިން ބައްދަލުވުމެއް. ރައީސް ހެއްދެވީ މުތްލަޤް ދޮގެއްކަމަށް ވިދާޅުވިއިރު، ނާއިފްއަކީ އެބައްދަލުވުމުގަ އިންނެވި ބޭފުޅެއް ނޫން. އެބައްދަލުވުމުގަ އެޑިޓަރަކު ދެ ފަހަރަކު ވިދާޅުވި އެނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ އިދިކީލި އެޑިޓޯރިއަލް ޕޮލިސީއެކޭ. https://t.co/2Mw6bZiwXM — Asward I. Waheed (@AswardWaheed) December 5, 2025
''އެބައްދަލުވުމުގަ އެޑިޓަރަކު ދެ ފަހަރަކު ވިދާޅުވި އެނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ އިދިކީލި އެޑިޓޯރިއަލް ޕޮލިސީއެކޭ'' މިނިސްޓަރު ވިދާޅުވި އެވެ. އެއަށް ރައްދު ދެމުން ނާއިފް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ނޫސްވެރިއަކު އެޑިޓަރަކު އެހެން ވިދާޅުވި ކަމަކަށް ނުބުނާ ކަމަށެވެ. އަދި އެޑިޓޯރިއަލް ޕޮލިސީއެއް ވަކި ކޮޅަކަށް ބުރަވާ ގޮތަށް އޮތުމަކީ އެއީ މައްސަލައެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އަހަރެން ހުރިތޯ ނެތްތޯއެއް ނޫން މިތަނުގައި އޮތް ސުވާލަކީ. އެ ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ނޫސްވެރިއަކު އެޑިޓަރަކު އެހެން ވިދާޅުވި ކަމަކަށް ނުބުނޭ.އެހެނެއް ނޫން ބައްދަލުވުމުގައި ބައިވެރިވި ސަރުކާރުގެ ބައެއް އޮފިޝަލުން އެގޮތަށް ތުހުމަތު ކުރެއްވި ކަމަށް… https://t.co/mrvki4ipKT — Naif (@naaif) December 5, 2025
ރައީސްގެ ވާހަކަ ދޮގުކުރައްވައި 'އަދަދު' ނޫހުން ވެސް ވަނީ ދޮގުކޮށްފަ އެވެ.
ނޫސްވެރިންތަކަކާއެކު ރައީސް އޮފީހުގައި ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ، އޯޑިއޯ /ވީޑިއޯ ރެކޯޑިން އެ އޮފީހުގައި ހުންނާނެ. މާފަންނު ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ރައީސް އޮފީހުގެ ބައްދަލުވުމުގައި ނުބުނޭ — Hussain Fiyaz Moosa (@hussainfiyaz) December 4, 2025
އެ ނޫހުގެ ވެރިޔާ ހުސެއިން ފިޔާޒު ވިދާޅުވީ ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި އެއްވެސް ނޫސްވެރިއަކު އެފަދަ އެއްވެސް އިބާރާތުން ވާހަކަދައްކާފައިނުވާ ކަމަށެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2