ނޫސްވެރިއަކާ 'ހުތުރުކޮށް' ދިމާކުރުމުން ޕީއެންއެފްއަށް ފާޑުކިޔުން

Noosveriakaa 'huthurukoh' dhimaa kurumun PNF ah faadukiyun

މަދަދާއަށް ފުރައްސާރަކޮށް ވައްޑެ ޕީއެންއެފްގެ އެ ޖަލްސާގައި ހިނިގަނޑެއް ޖަހާލަނީ

ހަބަރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ނޫސްވެރިއަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުން، އެ ޕާޓީއަށް އާންމުންގެ ފާޑުކިޔުން އިތުރުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓް ފާތިމަތު މަދަދާއަށް ފުރައްސާރަކޮށް ދައްކާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ ދައުރުވެފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަމުން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ އެކަކު ކަމަށްވާ އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުޅުއްވަނީ މަދަދާ ނޫން އެހެން ނޫސްވެރިންނަށް ފިއްލަވައިގެން ކަމުގައާއި އެމަނިކުފާނު ކުރައްވާ ހުރިހާ ދަތުރުފުޅެއްގައި ވެސް ގެންދަވަނީ އެ ނޫސްވެރިޔާ އެކަނި ކަމަށް ބުނެފައެވެ.

ވައްޑެގެ ވާހަކަތަކަށް ހެމުން، އަދި މަދަދާއަށް ފުރައްސާރަ ކުރަމުން ރައީސް ޔާމީންވެސް ވަނީ އެޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އަދި މަދަދާއަކީ ވަރަށް ޚާއްސަ ކުއްޖެއްތޯ ވެސް ރައީސް ޔާމީން ހެމުން ސުވާލު ކުރައްވާފައިވެއެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ވަނީ، މަދަދާ ހެދުންއަޅާ ގޮތަށް ވެސް ފާޑުކިޔައި، އެފަދައިން ހެދުން އަޅައިގެން ހުންނައިރު ރައީސް މުޢިއްޒު އާއެކު ގެންދަވަނީ (ޝެއިޚް) ލަތީފުގެ އެޕްރޫވަލް ހޯދައިގެންތޯ ސުވާލު ކޮށްފައެވެ.

ނޫސްވެރިއަކަށް މިފަދައިން ސުވާލު ކުރުމުން ގިނަ ބަޔަކު ވަނީ "އެކްސް" ގައި ޕީއެންއެފް އަށް ފާޑުކިޔައި، މިއީ އެ ޕާޓީގެ އެއްވެސް އަގެއް ނެތްކަން ސާބިތުކޮށްދޭ ކަމެއް ކަމުގައި ބުނެފައެވެ. އަދި މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް ބުނެފައިވެއެވެ.

ޕީއެންއެފް އިން ނޫސްވެރިއަކާ ފުރައްސާރަ ކުރުން ބައެއް ނޫސްވެރިންނާއި މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްބޭފުޅުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ.

"މިހާރު" ނޫހުގެ ސަބް އެޑިޓަރު ނާޒިމް ހަސަން "އެކްސް" މެދުވެރިކޮށް ބުނީ "މިއީ ގައުމުގެ ކަންކަމާ ކަންބޮޑުވެއޭ ކިޔާފައި ނުކުމެ ތިބެ ބޮޑެތި ސިންގާ މީހުން ދައްކާ ހުތުރު މިސާލު" ކަމަށެވެ. އަދި ރާއްޖޭގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ފަރާތުން ފެންނަން ޖެހޭނީ މިފަދަ ދަށް ފެންވަރެއް ނޫން ކަމުގައި ވެސް އޭނާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހްމަދު އަޒާން ވެސް ވަނީ ކުށްވެރި ކުރައްވައިފައެވެ. "ދިޔަރެސް" ނޫހުގެ ކޯފައުންޑަރު އަޒާން ލިއުއްވީ "ނޫސްވެރިންނަށް މި ގޮތަށް ފުރައްސާރަކުރުން ކުށްވެރިކުރަން" ކަމަށެވެ.

ޕީއެންއެފްގެ އެ ޢަމަލު ކުށްވެރިކުރައްވައި ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވެސް ވިދާޅުވެފައިވަނީ، އެއްވެސް ދިވެހި ކަނބަލަކަށް މިފަދައިން ޕަބުލިކުގައި ދިމާކުރުން ބަލައިނުގަނެވޭ ކަމަށެވެ. ވަގުތުން މާފަށް އެދުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ނޫސްވެރިއަކަށް މިފަދައިން ފުރައްސާރަ ކުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސް މިއަދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އެގޮތުން އެ ކަައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރަށް ގަނާ ކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ދަށަށް ހިނގައިދާނެފަދަ ޢަމަލެއް ކަމުގައެވެ. 

އެހެންކަމުން ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާއިރު އެންމެހާ ފަރާތްތަކުން ޒާތީ ތަޢައްބުސުން އެއްކިބާވެ ޒިންމާދާރު ކަމާއެކު އެ މިނިވަންކަމުގެ ބޭނުން ކުރުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ބަޔާނެއް ނެރެ އެފަދަ ކޮންޓެންޓް ގެނެސްދިނުމުގައި ސަމާލުވުމަށް ވެސް ގޮވާލާފައިވެ އެވެ. ޕީއެންއެފްގެ ޖަލްސާ ވަނީ ޗެނަލް13 އިން ލައިވްކޮށްފަ އެވެ.

މަދަދާ މަސައްކަތްކުރާ ސަންގު ޓީވީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އަރަމުންދާ ޒުވާން ނޫސްވެރިޔާ މަދަދާއަކީ އަމިއްލަ ބުރަ މަސައްކަތުން ނަތީޖާ ނެރޭ ނޫސްވެރިއެއް ކަން ފާހަގަކޮށްފައިވެ އެވެ. އަދި އެއީ ދެން ތިބި ޒުވާން ނޫސްވެރިންނަށް ވެސް ހުރި ނަމޫނާއެއް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

Rasdhoogai fihunu firihen meehaa faruvaa ah India ah, haalathu annnanee rangalhuvamun

ރަސްދޫގައި ފިހުނު ފިރިހެން މީހާ ފަރުވާއަށް އިންޑިއާއަށް، ހާލަތު އަންނަނީ ރަނގަޅުވަމުން!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0