ހދ. ނޭކުރެންދޫ ބަނދަރު މަސައްކަތް / ފޮޓޯ: އިމާރާތްކުރުމާބެހޭ ވުޒާރާ
ހދ. ނޭކުރެންދޫ ބަނދަރުގެ ތަރައްޤީ ކުރުމުގެ މަޝްރޫއު ނިމުމުން އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފަ އެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ %31 މިހާރު ނިމިފައިވާ ކަމަށް އިމާރާތްކުރުމުގެ ވިޒާރާއިން ވަނީ ބުނެފަ އެވެ.
ޖުމްލަ އާބާދީގައި 1745 މީހުން ދިރިއުޅޭ ނޭކުރެންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގަ އެވެ. އެއް އަހަރު ދުވަސް ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށް ހަވާލު ކުރިނަމަވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޭގެ 10 މަސް ފަހުން 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގަ އެވެ.
ލަފާފުރުމުގެ ދަތިކަން ފޯރާފައިވާ ނޭކުރެންދޫގެ ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.
އިމާރާތް ކުރުމާބެހޭ ވުޒާރާ އިން ބުނީ ނޭކުރެންދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ހިނގާ ދުވާރުގެ މަސައްކަތް ކަމަށެވެ.
ދައުލަތުގެ ބަޖެޓުން 48 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން ނޭކުރެންދޫގައި 212 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 166 މީޓަރުގެ ރިވެޓްމަންޓަކާއި ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި ރޭމްޕެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0