ދިވެހީންގެ ނެތެމުންދާ ސަގާފީ މަސައްކަތްތަކުގެ 8 ދާއިރާތަކުން ފަންނީ މަސައްކަތްތެރީން ތަމްރީނުކުރުމަށް ބޭނުންވާ ސްޓޭންޑަރޑްތަކާއި ޓްރެއިނިން މެޓީރިއަލްތައް ތައްޔާރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) ކޮލެޖާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގެ ދަށުން؛ ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔު މާ، ތުނޑުކުނާ ވިޔުން، މާވަޑިކަން، ތިލޭރުކަން، ލިޔެލާޖެހުން، ސާންތިވިޔުން، ފޭލިވިޔުމުގެ އިތުރުން ކަސަބުގެތުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓަންސީ ސްޓޭންޑާޑްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމަށް ބޭނުންވާ ޓްރެއިނިން ޕެކޭޖް (ކަރިކިޔުލަމް، ލޮގް ފޮތް، އެސެސްމެންޓް ރިސޯސް ފޮތް، އަދި ލާނިން މެޓީރިއަލް) ތައްޔާރުކުރެވޭނެ އެވެ.
އެއްބަސްވުން ތަކުގައި އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަކީބާ އަލީ އެވެ. އެމްއައިޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
އެ ރަސްމިއްޔާތުގައި އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަހުރާ މުޙައްމަދާއި އިސްވެރިންގެ އިތުރުން އެމްއައިޓީ ކޮލެޖުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން، ދިވެހީންގެ ގަދީމީ ސަގާފީ ހުނަރުތައް ދިރުވައި އާލާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.
އަދި ދިވެހި ސަގާފަތުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މި ދާއިރާތަކުން އުފެދޭ ޒުވާން މަސައްކަތްތެރީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގައުމީ އިގްތިސާދަށްވެސް ފައިދާ ކުރާނެ އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
19 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2