ސިފައިންގެ ޕެރޭޑް ހަރަކާތެއް: ސަރުކާރުގެ ނެޝަނަލް ސާވިސް ޕްރޮގްރާމަށް ތަރުހީބު ބޮޑު - ކުރިއަށް މީޑިއާ ކެމެރާ
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ (ނޭޝަނަލް ސާވިސްގެ) ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވަި ގޭންގު ކުށްތައް ހަރުކަށި ކުރުމުގެ ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު މިހާތަނަށް 658 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ވެސް ބެލެނިވެރިޔާގެ ހުއްދައާ އެކު ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅާފައިވާކަން ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ޕްރޮގްރާމަށް މިހާ ބޮޑު ޝައުގުވެރިކަމެއް އޮތުމުން ދޭހަވަނީ މިފަދަ ކަންކަމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާތީ، ކުދިންނަށް ހެޔޮ ގޮތްތައްވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ހާމަވާ ކަމަށެވެ.
"ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން، އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައުއަށް ނެރެވޭނެ. ޕްރޮގުރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއަށް ނޫނީ ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ވެސް ލިބޭނެ" ރައީސް ވިދާޅުވި އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް ރައީސް މުޢިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ގާނޫނުގެ ތެރެއިން އެލަވަންސެއް ވެސް ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން ގާތްގަނޑަކަށް 6،000 ރުފިޔާ ވަރު އެލަވަންސްގެ ގޮތުގައި ދޭން މަސައްކަތް ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0