މާލެ އަދި ހުޅުމާލޭގެ އެޑްރެސްތައް ފަސޭހައިން ހޯދޭނެ މަގުފަހި ކުރުމަށް "އެމްވީ ލޮކޭޓަރ" ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.
މި ވެބްސައިޓު ނެރުނީ ދަސް އެޑިއުކޭޝަންގެ ފަރާތުންނެވެ.
މާލެ އަދި ހުޅުމާލޭ ސަރަހައްދުގައި ހިމެނޭ އެޑްރެސްތައް ހޯދައިލުމަށް "އެމްވީ ލޮކޭޓަރ" ވެބްސައިޓަށް ދިޔުމަށް ފަހު، ހޯދާލަން ބޭނުންވާ އެޑްރެސްތައް ވަގުތުން އަންނާނެ ކަމަށް ބުންޏެވެ.
ބޭނުންވާ އެޑްރެހަށް ފިތާލުމުން އެ އެޑްރެސްގެ ލޮކޭޝަން ވެސް ވަގުތުން އަރާނެ ކަމަށް ދަސް އެޑިއުކޭޝަންގެ ފަރާރުން ބުންޏެވެ.
މީގެ އިތުރުން ގޫގްލް މެޕްސް އެޕަލް މެޕްސް އަދި ވޭޒް މެދުވެރިކޮށް އެ އެޑްރެހަކަށް ދެވޭނެ މަގު ހޯދޭނެ ގޮތް ވެސް މި ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.
އެމްވީ ލޮކޭޓަރ ވެބްސައިޓުގައި އާ އެޑްރެސްތައް ހޯދަން ވެސް ހުށަހެޅޭނެ ކަމަށާއި އެޑްރެހެއްގައި މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓު ވެސް ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިފަދަ ވެބްސައިޓެއް އުފެއްދުމުގެ އެންމެ މައިގަނޑު ބޭނުމަކީ ޑެލިވަރީ ކުރާ ފަރާތްތައް ފަދަ ފަރާތްތަކަށް، ފަސޭހައިން އެޑްރެސް ހޯދޭނެ މަގުފަހި ކޮށްދިނުން ކަމުގައި އެމްވީ ލޮކޭޓަރ އުފެއްދި ފަރާތުން ބުނެފައިވެ އެވެ.
މި ވަގުތު ވެސް މިފަދަ ޕްލެޓްފޯމެއް ބައެއް ފަރާތްތަކުން އުފައްދާފައިވީ ނަމަވެސް، އެއަށްވުރެ ފަސޭހައިން މި ވެބްސައިޓު ބޭނުން ކުރެވޭނެ ކަމަށް ވެސް އުފެއްދި ފަރާތުން ގަބޫލު ކުރެ އެވެ.
އެމްވީ ލޮކޭޓަރ އުފެއްދުމާ އެކު ގިނަ ބައެއްގެ ތަރުހީބު މި ވެބްސައިޓަށް ވަނީ ލިބިފަ އެވެ. އަދި މި ވެބްސައިޓު ބޭނުން ކުރަން ވަރަށް ފަސޭހަކަން އެ ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0