ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ފުލުހުންގެ ވެހިކަލެއްގައި ހަރުކޮށްފައި
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ ''ލޫޓުވައިފި، ލޫޓުވައިފި'' ނަމުގައި ބޭއްވި މުޒާހަރާގެ"ލޫޓުވައިފި، ބައިވެރިންނާ ދެކޮޅަށް ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދިފާއުކޮށްފި އެވެ.
އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ހޫނުވެފައި ވަނިކޮށް ރަސްމީ އެކައުންޓުން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ 2013 އިން ފެށިގެން ދިވެހި ފުލުހުން އެންމެ އެލްއާރުއޭޑީ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މޮޑެލް ކަމަށްވާ ''އެލްއާރުއޭޑީ 300 އެކްސް'' އިންސްޓޯލްކޮށްފައި ވަނީ ސްޕެޝަލް އޮޕަރޭޝަންސް ޔުނިޓުން ބޭނުންކުރާ ފުލުހުންގެ ވެހިކަލެއްގައި ކަމަށެވެ.
އޭގެ ފަހުން 2023 ވަނަ އަހަރުގެ މެއި މަހު ތައާރަފްކުރި އާ މޮޑެލްއެއް ކަމަށްވާ ''އެލްއާރުއޭޑީ 100 އެކްސް'' ވެސް އޮކްޓޯބަރު 3 ( އެމްޑީޕީ މުޒާހަރާ) ގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރި ކަމަށެވެ.
Long-Range Acoustic Devices (LRAD) was first used by Maldives Police Service in 2013. First model (LRAD 450 XL) was mounted on a vehicle (sound vehicle) used by Police Special Operations. The model, LRAD 100 X (which was used during the Police operations in the evening of 3rd… pic.twitter.com/Amge2QDaet — Minister of Homeland Security & Technology (@min_mohst) October 5, 2025
އިހުސާން ވިދާޅުވީ އެލްއާރުއޭޑީ ސިސްޓަމްތައް މިހާރު ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ފުލުހުންނާއި އަސްކަރިއްޔާ އަދި ސަލާމަތީ އިދާރާތަކުން އެއްވެ އުޅޭ މީހުން ކޮންޓްރޯލްކުރުމާއި، ބޯޑަރުތައް ހިމާޔަތްކުރުމާއި، ކަނޑުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި އިންޒާރުތައް ފޮނުވުމަށް ބޭނުންކުރަމުންދާ ކަމަށެވެ.
އެލްއާރުއޭޑީ ބޭނުންކުރުން މިނިސްޓަރު އިހުސާނު ދިފާއުކޮށްފައިވާއިރު އެމްޑީޕީގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ފަރާތުން މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލަ ހުށަހަޅަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެލްއާރުއޭޑީ ބޭނުންކުރީ އެއްވެސް އިންޒާރެއް ނުދީކަމަށެވެ. އަދި އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވރިންގެ އިތުރުން އެއްވި ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށާއި ކުޑަކުދިންގެ އަޑުއިވުމަށާއި ނަފްސާނީގޮތުން އަސަރުކުރި ކަމަށެވެ.
އެކަށީގެންވާ ވަރަށް ވޯޓު ނުލިބޭތީ އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
0%
0%
0%
0%
0%
51 މިނަޓް ކުރި
0
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0