ސިވިލް ސާވަންޓުގެ މުސާރަތައް ބޮޑުކުރީ އިތުރު ގަޑީގެ ފައިސާވެސް ގިނައިން ލިބޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަށް ކަނޑައެޅުއްވި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފަށައިގެން އެއްހަމަ ކުރައްވާފައިވާއިރު، އެކަން ކުރެއްވީ ވަރަށް ބޮޑަށް ދިރާސާކުރައްވައިގެން ކަމަށަވެ. މުވައްޒަފުންގެ މުސާރަ ބޮޑުކުރެވުނީ ކުރިއަށް އޮތް ތަނުގައި، ހަގީގީ މާނާގައި އެކަމުގެ ފައިދާވާނެ ގޮތަށްކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މި ބަދަލާއެކު މުވައްޒަފުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި އޮތް އެއް ކަމަކީ އިތުރުގަޑީގެ މަސައްކަތު ވަގުތާ މެދުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުސާރަ އެއްހަމަކުރުމުގެ ތެރެއިން އެކަމަށް ހައްލެއް ގެނެވިފައިވާ ކަމަށެވެ.
އަދި ވަކިވަކި ދާއިރާތަކުގައި ހުރި މިފަދަ ކަންބޮޑުވުންތައް، ޕޭ ކޮމިޝަނާ މަޝްވަރާކުރައްވައިގެން މުވައްޒަފުންނަށް ތަފްސީލުކޮށްދެއްވުމަށް ރައީސް ވަނީ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލައްވާފަ އެވެ. ހަމަމިއާއެކު ކުރިމަތިވެދާނެ ހާއްސަ ހާލަތްތަކުގައި ވަކިކަހަލަ ނިންމުންތަކެއް ނިންމެވުމުގެ ބާރު ޕޭ ކޮމިޝަނަށް ލިބިފައި އޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ނޮވެމްބަރު 1 ވަނަ ދުވަހުން ފަށައިގެން 20000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށްވެސް އަންނަ އަހަރުގެ ތެރޭގައި އެކަން ހަމަޖެހޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށްވެސް ހެޔޮ ބަދަލު އަންނާނެކަން ފާހަގަކުރެއްވި އެވެ. ހަމަމިއާއެކު، ޕެންޝަން ފަންޑުގެ ބޭނުން ކުރުމަށްވެސް ލުއި ގޮތްތަކެއް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެއްޓެވި ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2