މުސާރަ އާއި އުޖޫރަ ދިނުމުގައި މުވައްޒަފުންނާއެކު މަންޓާ އެއަރ އިން ވެފައިވާ އެއްބަސްވުމާ ޚިލާފުވެގެން، އެ އެއާލައިނުގައި މަސައްކަތްކުރާ 42 މުވައްޒަފަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފިއެވެ.
އެނގިފައިވާ ގޮތުގައި މުވައްޒަފުންނާއެކު މަންޓާ އެއަރއިން ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އެމެރިކާ ޑޮލަރުން މުސާރަ އާއި އުޖޫރަ ދިނުމަށެވެ.
ނަމަވެސް މުވައްޒަފުންނާ އެއްވެސް ވަރަކަށް މުޢާމަލާތް ކުރުމެއްނެތި އަދި ދެ ފަރާތުން އެއްބަސްވެ، ވަޒީފާގެ އެއްބަސްވުމަށްވެސް އެއްވެސް ބަދަލެއް ގެނައުމެއް ނެތި މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން މަންޓާ އެއާއިން ނިންމާ އެ ކަން މުވައްޒަފުންނަށް ވަނީ އަންގާފައެވެ.
މި މައްސަލަ ޙައްލުކުރުމަށް މުވައްޒަފުންގެ ފަރާތުން ކުންފުންޏާއެކު މުޢާމަލާތު ކުރުމުންވެސް އެ ކުންފުނިން އެކަމަށް އިޖާބަދީފައި ނުވާކަން ވެސް އެނގިފައިވެއެވެ.
މުވައްޒަފުންގެ ފަރާތުން މިކަމާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި މުސާރަ އާއި އުޖޫރައިގެ އިތުރުންވެސް މަންޓާ އެއާއިން މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުމާއި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކޮށްފައިވާ ޢަމަލުތަކާއި ކުރަމުންދާ ޢަމަލުތައް ފާހަގަކޮށް އެކަންކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް މުވައްޒަފުންގެ މުސާރައިން އުނިކުރާ މިންވަރު މަންޓާ އެއަރގެ ފަރާތުން ޕެންޝަން އޮފީހަށް ޖަމާކުރަމުން ނުގެންދާކަން، އެ ކުންފުނިން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ މިހާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ރަޖިސްޓްރީ ކޮށްފައިވީނަމަވެސް، މަންޓާ އެއަރއިން މި މައްސަލައަށް އަދި ޖަވާބުދާރީ ވެފައެއް ނުވެއެވެ.
"ޓީއެމްއޭއިން މުސާރަ ޑޮލަރަށް ބަދަލުކުރީމަ އަހަރުންނަށް ވެސް ރަނގަޅު ގޮތެއް ވާނެ ކަމުގެ ޔަގީންކަން ނަމަވެސް އެއްވެސް ޚަބަރެއް ނުވުމުން މަންޓާގެ 100 އަށްވުރެ ގިނަ މުވައްޒަފުން އެއްވެ ސީއީއޯއަށް ޕެޓިޝަނެއް ވަނީ ފޮނުވާފައި. މި ސިޓީގައި ވާނީ މުސާރައިގެ މައްސަލައަށް އަވަސް ހައްލެއް ހޯދަދޭން އެދިފައި،" މަންޓާ އިން ބުނެފައިވެއެވެ.
މަންޓާއިން ބުނީ މިކަމަށް ހައްލެއް ނުހޯދިއްޖެނަމަ އެ އެއާލައިނުން ވެސް ފިޔަވަޅެއް އަޅާނެ ކަމަށެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
25 ޖޫން 2025
0
24 ޖޫން 2025
0
24 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0