މުދައްރިސުން ކުރައްވަމުން ގެންދަވަނީ ގައުމަށް އެންމެ ޝަރަފުވެރި މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެއްޓުނު ދުވަހުގެ މުނާސަބަތާއި ގުޅުވައި އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވަނީ ދަރިވަރުންގެ މުސްތަގުބަލް ބިނާވެފައިވަނީ ދަރިވަރުންނަށް ކިޔަވާދެއްވާ މުދައްރިސުންނަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ކިޔަވާ ކުދިން އެކުދިންގެ މައިންބަފައިންނަށްފަހުގައި، އެންމެ ބޮޑު އިހުތިރާމަކާއި، އެންމެ ބޮޑު ގަދަރެއް ދޭންޖެހޭނެ ބަޔަކީ މުދައްރިސުންކަމަށެވެ. އެހެންކަމުން މިނިސްޓަރު އިސްމާއީލް ޝަރީފު ވަނީ މުދައްރިސުންނަށް ކަމޭހިތާ، އިހްތިރާމްކުރާ ބަޔަކަށްވުމަށް ދަރިވަރުންނަށް، ގޮވާލައްވާފައެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓރު ވިދާޅުވެފައިވަނީ ދަރިވަރުންނަށް ކިޔާވާދެއްވުމަށް މުދައްރިސުން ވަމުން ގެންދަވަނީ ނުހަނު ބޮޑު ގުރުބާނީއެއްކަމަށެވެ.
ގައުމު ބިނާކުރުމަށް ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީ، އެކުދިންނަކީ ހުލްގު ހެޔޮ ޖީލެއްގޮތުގައި އުފެއްދުމުގެ މަސައްކަތް ދައުލަތުން އަހަންމިއްޔަތުކަމެއް ދީގެން ކުރާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެގޮތުން މިނިސްޓަރެއް ކަމުގައިވިޔަސް ޕްރިންސިޕަލެއް ކަމުގައިވިޔަސް އަދި ސީނިއާ މެނޭޖްމެންޓްގެ ބޭފުޅެއް ކަމުގައިވިޔަސް ކުރާ މަސައްކަތަކީ ދަރިވަރުންނާޢި މުދައްރިސުންނަށް އެހީތެރިވުމުގެ ގޮތުން ކުރާ މަސައްކަތްކަމަށެވެ.
މީގެ އިތުރުން ވަސީލަތްތައް ހަމަކުރުމާއި ނިޒާމެއްގެ ތެރެއިން ސުކޫލު ހިންގުމަށް އެހީތެރިވެދިނުމާއި،ދަތިވާ ހުރިހާކަމެއް ހައްލުކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެކަމަށް މިނިސްޓރު ވިދާލުވިއެވެ. އަދި މި ބަދަލުވަމުންދާ ޒަމާނާއި އެއްގޮތަށް ތައުލީމީ ނިޒާމު ބައްޓަންކުރައްވާނެކަމަށްވެސް މިނިސްޓރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ނެޝަނަލް އެސެސްމެންޓް ފޯރ ލާނިންގް އައުޓްކަމްސް(ނާލޯ) މި އަހަރުވެސް ކުރީ އަހަރެކޭ އެއްފަދައިން ކުރިއަށް ގެންދާނެކަމަށެވެ.
ދިރާސީ އާއަހަރުގެ ކިޔެވުން ފެއްޓުނު ދުވަހާއި ގުޅިގެން މިނިސްޓަރު މިއަދު ދެއްވި ޚިތޯބުގައި ވިދާޅުވީ ރާއްޖޭގައި އަލަށް ފަށާ ތައުލީމުގެ މަރުހަލާގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލް އަގްވާމީ ލެވެލްގައި ބެންޗްމާރކް ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށެވެ.
0%
0%
0%
0%
0%
2 ގަޑިއިރު ކުރި
0
2 ގަޑިއިރު ކުރި
0
2 ގަޑިއިރު ކުރި
0
4 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
5 ދުވަސް ކުރި

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0