ހޯމަ - 7 އެޕްރީލު 2025
ފޮޓޯ:ސަން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން އައްޔަން ކޮށްފިއެވެ. މި އައްޔަންކުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާން ކޮށްފައެވެ.
ރިޝްވާން އަކީ ދިވެހި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމު ހިމެނެއެވެ. އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އޭނާ އައްޔަން ކުރެވުނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ފުލުހުންގެ ޚިދުމަތުގައި ރިޝްވާން ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު 2010 ޖެނުއަރީ 13 އިން ފެށިގެން 2011 ވަނަ އަހަރުގެ ޖުލައި 12 އާ ހަމައަށް އަދާކުރައްވާފައެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްޕީއެލްގެ އެމްޑީގެ މަގާމަށް ރިޝްވާން އައްޔަން ކުރެވިފައި މިވަނީ، ކުރީގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ވަޖީހު މި މަގާމަށް އައްޔަން ކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.
ވަޖީހަކީ އެމްޕީއެލްގައި ނުވަ އަހަރުގެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. މި މުއްދަތުގައި އޭނާ ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، ޖެނެރަލް މެނޭޖަރު އަދި އެސިސްޓެންޓް ސީއީއޯގެ މަގާމުތައް ފުރުއްވާފައެވެ.
0%
0%
0%
0%
0%
44 މިނަޓް ކުރި
0
1 ގަޑިއިރު ކުރި
0
2 ގަޑިއިރު ކުރި
0
18 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
5 ދުވަސް ކުރި

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0