ޑެޓް ސަސްޓައިނަބިލިޓީ ސަޕޯޓް ސަރވިސް(ޑީއެސްއެސްއެސް) ފެސިލިޓީސްތަކުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ގޮންޖެހުމުން އަރައިގަނެވޭނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސް ކުރުމަށް އެކުލަވާލައިފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް(އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިކަހަލަ ފެސިލިޓީ ތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަގު ފެންނާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ޑީއެސްއެސްއެސް ފަދަ ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިގަތުމުން ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމެއްގެ މައްސަލަތައް ހައްލު ކުރެވި ތަރައްގީގެ އާ ސަފުހާއެއް ހުޅުވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރައީސްވަނީ މިފަދަ ފެސިލިޓީއެއް ލަސްނުކޮށް ފަށައިގަތުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ.
ރައީސް ވިދާޅުވީ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ކުދި ޖަޒީރާ ގައުމެއްގައި ދެމެހެއްޓެނިވި ތަރައްގީއެއް ހޯދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުންވެސް އަރައިގަތުން މުހިންމު ކަމަށެވެ.
ދުނިޔެއަށް އަންނަ ސިޔާސީ ބަދަލުތަކާއެކު، ގިނަ ފަރާތްތައް ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ގެނައުމުގެ މުހިންމުކަމަށްވެސް ރައީސް ބައްލަވާލެއްވިއެވެ. އަދި، ރާއްޖެއިން "ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް" އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ގައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ސަބަބުން، ކޮންމެ ގައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް، މަޝްރޫއުތައް ހިންގައި، އޭގެ ސަބަބުން، އެފަދަ ގައުމުތަކުގެ މާލީ ފުދުންތެރިކަން ގާއިމްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އިންސްޓްރޫމަންޓެއްގެ އަމާޒަކީ ދަރަނި ލުއިކޮށްދިނުމާއެކު، ވިލުންވެރިކަމުގެ އަމާޒުތައް ގުޅުވައި، ދެމެހެއްޓެނިވި ތަރައްގީއަށް އިންވެސްޓްކުރުމަށް މާލީ ތަނަވަސްކަން ގާއިމުކޮށްދިނުންކަމަށްވެސް ވިދާޅުބިއެވެ.
ކުރިއަށް އޮތް ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓް (އެފް.އެފް.ޑީ.4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. މި މަސައްކަތަށް މިހާރުވެސް ގިނަ ގައުމުތަކުން ރުހުން ލިބިފައިވީ ނަމަވެސް، އިނޮވޭޓިވް ޑެޓް މެކޭނިޒަމްތަކާއި ކޮންސެޝަނަލް ފައިނޭންސްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ފުރާނަ ހިމާޔަތްކުރުމާއި، ދިރިއުޅުމުގެ ކަންކަން ހިމާޔަތްކުރުމާއި، އަޅުގަނޑުމެންގެ މުސްތަގްބަލު ރައްކާތެރިކުރުމަށްވެސް ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ(ސިޑްސް) އަކީ އެކުވެރި ދައުލަތްތަކުގެ 38 ގައުމާއި، އެކުވެރި ދައުލަތްތަކުގެ ތެރޭގައި ނުހިމެނޭ ނުވަތަ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމެނޭ 20 ޤައުމެއްގެ މައްޗަށް އެކުލެވިފައިވާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާ އަކީ ސިޑްސްގެ އެސްއޭޖީގެ ކޯޗެއަރއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0