ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބަންގްލާ ބަސް ކިޔަވައިދިނުމުގެ ކޯސްތައް ތައާރަފްކުރުމުގެ ޝައުގުވެވެރިކަން ފާޅުކޮށްފި އެވެ.
ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ މުހައްމަދު ނަޒްމުލް އިސްލާމް ވަނީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒް އާދަމްއާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ޝެހެނާޒް ވަނީ ބަންގްލަދޭޝްގެ ޔުނިވާސިޓީތަކާއި އަދި މަތީ ތައުލީމު ކިޔަވައިދޭ މަރުކަޒުތަކާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި ސެމިނާތައް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ބިދޭސީންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެމްއެންޔޫއިން ކުރަމުންދާ ދިރާސާތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެއަށް ފަހު އެމްއެންޔޫގައި ބަންގާޅު ބަހުގެ ކޯސްތައް ތައާރަފްކުރުމާ ގުޅޭ ގޮތުން ޝެހެނާޒް ޝައުގުވެރިކޮށް ފާޅުކުރި އެވެ.
އެ ބައްދަލުވުމުގައި، ބަންގްލަދޭޝްގެ ސަފީރު ވަނީ އެމްއެންޔޫ އާއި ބަންގްލަދޭޝްގެ ޔުނިވާސިޓީތަކާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އެމްއެންޔޫއިން އެދުނު ކަންކަމަށް ހައިކޮމިޝަންގެ ފުރިހަމަ އެއްބާރުލެއްވުންދޭނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2