މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅީ ގަލޮޅުއުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫ ހުށަހެޅުއްވި ބިލުގައި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަންބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ. އަދި ގާނޫނުގެ އެ މާއްދާ އަކީ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި ހިންގައިފިނަމަ ޓެރަރިޒަމަށް ވާނެ އަމަލުތަކެއް ކަމަށްވެސް ހުށަހަޅާފައިވެ އެވެ.
ކުޑޫގެ ބިލު ހުށަހެޅުއްވި މަގުސަދުގެ ގޮތުގައި ވަނީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި މިސްކިތްތަކަށް ގެއްލުންދިނުން އާއްމު" ވެފައިވާތީ އެވެ.
އަދި އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ އަމަލުތައް ކަމަށް ބިލު ހުށަހެޅުއްވި ސަބަބުގެ ތެރޭގައިވެ އެވެ.
މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގާނޫނުގައި ކަނޑައަޅަން ހުށަހަޅާފައިވާއިރު މި ފަހަކަށް އައިސް މިސްކިތްތަކަށް ގެއްލުންދިނުން ވަނީ އިތުރުވެފަ އެވެ. އެ މައްސަލަގާއި ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވެ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2