2016 ވަނަ އަހަރު ބޭއްވުނު ފުޅަދުބުރު ތެރެއިން:ޕޮޓޮ- އަވަސް
މި އަހަރު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުޅަނދު ބުރު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިވަން ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އެ ވުޒާރާއިން ތަފާތު ހަރަކާތްތައް މިފަރު ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ކަމާބެހޭ ތާރީހީ މައުލޫމާތު އާންމުކުރުމާއި، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ސިފައިންގެ ހަރަކާތްތައްވެސް މާލެ ސަރަޙައްދުގައި ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ޒަމާނުގައި މިފަދަ ދުވަސްތަައް ރަސްމީކޮށް ފާހަގަކުރުމަކީ މުހިއްމުކަމަށާއި، މި ކަންކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަކީ އެހާމެ މުހިންމު ހަނދާންތަކެއް ކަމަސެވެ. އަދި އެބައެއްގެ ތާރީހު، އެބައެއްގެ ތަރިކަ ނުވަތަ އެބައެއްގެ އަސަރުތައް ޖީލުތަކަށް ވާސިލުވާންޖެހޭ ކަމުގައި ވަޒީރު ފާހަގަކުރެއްވި އެވެ.
60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާނެ ލޯގޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވަނީ ހުޅުވާލާފަ އެވެ.
މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ބާއްވާފައި ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުވެސް މިނިވަން ދުވަސް ހާއްސަ ޖަލްސާ ވަނީ ބާއްވާފަ އެވެ.
އެންމެ ފަހުން މާލޭގައި ފުޅަނދުބުރު ބާއްވާފައި ވަނީ 2023 ވަނަ އަހަރުއެވެ. އޭގެކުރިން 2019 ވަނަ އަހަރު ފުޅަނދުބުރު ބޭއްވުމަށްފަހު ޖެހިގެންއައި ތިން އަހަރު ފުޅަނދުބުރު ނުބޭއްވީ ކޮވިޑާ ގުޅިގެންނެނެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0