މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިންމާނެކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު މާފަންނު ނަލަހިޔާ ކަންމަތި ޕޭމަންޓް އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށްފަހު ދެއްވި އިންޓަރވިއުގައި މޭޔަރު ވިދާޅުވީ މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ މާލެ ސިޓީގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ކުރަމުން އަންނަނީ ކައުންސިލްގެ ހީވާގި މުވައްޒަފުންކަމަށެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މި ވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލުކޮށް އެކަންކަން ކުރުމަށް ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި އިރުވެސް މާލެ ސިޓީގެ ކާނުތައް އެއްވެސް ވަރަކަށް ސާފުނުކުރާތާ ފަނަރަ ވަރަކަށް އަހަރު ވެފައިވާނެކަމަށެވެ.
ވާރޭ ވެހި މަގުތަކުން ފެން ހިނދޭއިރުވެސް މާލޭގެ މަޖީދީ މަގުން ފެން ނުހިނދި ހުރި ހަތަރު ސަރަހައްދަކާއި،ސްކޫލްތަކުގެ ދަރިވަރުންނަށް ދަތިވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަނާއި، ޗާނދަނީ މަގުގެ ކުރީގެ އަރަބިއްޔާ ސްކޫލް ކައިރީހުންނަ ކާނުތައްވެސް މިހާރުވަނީ ސާފުކޮށް ނިންމާފައިކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އެގޮތުން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ކާނުތައް ސާފު ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އާޒިމް ވިދާޅުވީ ގަޑިބުރު ސަރަހައްދާއި، ލަގްޒަރީ ސަރަހައްދުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
10 އެޕްރީލު 2025
0
10 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0