ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ހުށަހަޅައިފި އެވެ.
އެމްޑީޕީން އައިއެލްއޯގައި އެދިފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށެވެ. އަދި އެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅައިދިނުމަށެވެ.
އަދި ހަމައެއާއެކު މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހެޔޮ ނިޔަތުގައި މަސްވެރިންގެ މަންދޫބުންނާ އެކު މަޝްވަރާކުރުމަށް ސަރުކާރަށް އަންގައިދިނުމަށް ވެސް އެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޤާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލަ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނަށް ހުށަހެޅުންhttps://t.co/TpeJE01gh9 pic.twitter.com/CrJhc4iIVG — MDP Secretariat (@MDPSecretariat) December 13, 2025
ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން މައުރޫފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައުރޫފް، އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފައިވާއިރު، ފުލުހުންގެ ބަންދުން އިއްޔެ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މާލޭ ކައިރީގައި ބޮޑު ކަންނެލި މަސްވެރިން ކުރަން ފެށި މުޒާހަރާ ގައި ގާތްގަނޑަކަށް 50 ދޯނި ބައިވެރިވި އެވެ. އެ މުޒާހަރާގައި މަސްވެރިން ކުރަމުން އަންނަ ޑިމާންޑަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމެވެ.
މައުރޫފްގެ އިތުރުން ދެ މަސްވެރިންނާ 4 ބިދޭސީން ހައްުޔަރުކުރި އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
3 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2